ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 19:03
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ، ކޮމެޓީގެ މެމްބަރުންނާއެކު
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ، ކޮމެޓީގެ މެމްބަރުންނާއެކު
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
ވިސިލް ބްލޯކުރުމާ ބެހޭ ކޮމެޓީ އެއް އުފައްދައިފި
 
ކޮމިޓީގެ މުގައްރިރަކަށް ހަމަޖައްސަވާފައިވަނީ، ޑިރެކްޓަރ، ލީގަލް އެފެއާޒު، ސައުސަން
 
ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ކޮމިޓީ

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިސިލް ބްލޯކުރުމާ ބެހޭ ކޮމެޓީ އެއް އުފައްދައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ވިސްލް ބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ދާއިމީ ކޮމެޓީއެއްގެ ގޮތުގައި "ވިސިލް ބްލޯކުރުމާ ބެހޭ ކޮމެޓީ" އިންފޮމޭޝަން ކޮމިޝަނަރު ބުރާސްފަތި ދުވަހު އުފައްދާފައިވާ ކަމަށެވެ.

މި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ، ލީގަލް އެފެއާޒު ޑިރެކްޓަރ، ފާތިމަތު ސައުސަނާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ، މަރްޔަމް އިބްރާހީމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޝައްފާން ގާސިމެވެ. ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، ފާޠިމަތު ސައުސަންއެވެ.

މިއީ، ވިސްލް ބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ކޮމިޓީކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 08 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ ތިންވަނަ ދައުރުގެ 50 ވަނަ ޖަލްސާއިން ފާސްކުރެއްވި "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް" އަކީ މި ބިލުގައި ނޭދެވޭ ޢަމަލުގެ ގޮތުގައި ބަޔާންކޮށްފައިވާފަދަ ކަމަކާ ގުޅޭ މަޢުލޫމާތު ހުށަހެޅުމުގައި، ނުވަތަ ވިސްލްބްލޯކުރުމުގައި، ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެވެ.

އަދި ވިސްލްބްލޯކުރާ ފަރާތަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި، ވިސްލްބްލޯކޮށްގެން މަޢުލޫމާތު ހުށަހެޅުމުން މަޢުލޫމާތު ބަލައިގަންނަ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ނޭދެވޭ ޢަމަލުތައް ހުއްޓުވައި، ދެފުށް ފެންނަ، ޖަވާބުދާރީވަނިވި، ނަޒާހަތްތެރި ޘަޤާފަތެއް އަށަގެންނެވުމަށް ބޭނުންވާނެ އެހެނިހެން އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް