ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 19:05
ހެލްތު މިނިސްޓްރީއާއި އެކު މަޝްވަރާތައް ދަނީ ކުރިއަށް
ހެލްތު މިނިސްޓްރީއާއި އެކު މަޝްވަރާތައް ދަނީ ކުރިއަށް
ވީއޯއޭ ނިއުސް
ވެކްސިން
ވެކްސިން ނުޖަހާ ފަރާތްތަކަށް އެޅޭނެ ގާނޫނީ ފިޔަވަޅުތައް ބެލުމަށް މަޝްވަރާ ކުރަނީ
 
ޕީޖީ ވެސް މިކަމާއި ގުޅިގެން ޓްވީޓު ކުރެއްވި
 
ހެލްތު މިނިސްޓްރީއާއި އެކު މަޝްވަރާތައް ދަނީ ކުރިއަށް

ވެކްސިން ނުޖަހާ ފަރާތްތަކަށް އެޅިދާނެ ގާނޫނީ ފިޔަވަޅުތައް ބެލުމަށް ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ކުރެވެމުންދާ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުން ބުނީ ވެކްސިން ނުޖަހާ ފަރާތްތަކާއި މެދު އެޅިދާނެ ގާނޫނީ ފިޔަވަޅުތަކާއި ގުޅިގެން ހެލްތު މިނިސްޓްރީ އޮފް ހެލްތާއި އިތުރު ފަރާތްތަކާއި އެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

ބުދަ ދުވަހު ޕީޖީވެސް ވަނީ ވެކްސިން ނުދޭ ފަރާތްތަކަށް އެޅޭނެ ގާނޫނީ ފިޔަވަޅުތައް ބަލަމުންގެންދާ ކަމަށް ވިދާޅުވެފައެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ ފެބްރުއަރީ މަހުން ފެށިގެންނެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ދާދިފަހުން އަނެއްކާވެސް ހިމަ ބިހި ރާއްޖެއިން ފެނުމާއި ގުޅިގެން ވެކްސިން ނުޖަހާ ފަރާތްތަކަށް އެޅިދާނެ އެހެން ގާނޫނީ ފިޔަވަޅުތައް ބައްލަވަމުން ގެންދާ ކަމަށެވެ.

ރާއްޖެއިން އެއްކޮށް ނައްތާލެވިފައިވާ ''ހިމަބިހި'' މިހާރު ފެތެރުން ފަށާފައިވަނީ ކުރިޔާ އަޅައި ބަލާއިރު ވެކްސިންޖަހާ މީހުންގެ އަދަދު މަދުވުމުންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ބުނެފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ބެހޭ ގާނޫނުގެ ދެވަނަ ބާބުގެ 19 ވަނަ މާއްދާގެ (ނ) ގައި ބުނާގޮތުންކޮންމެ ކުއްޖަކަށް މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ ވިހެއުމަށްފަހު ބޭނުންވާ ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ލިބިދިނުމާއި، އެފަދަ ޚިދުމަތްތަކަށް ވާޞިލުވެވޭނެ މަގުފަހިކޮށްދިނުމަކީ، އެކުއްޖާގެ މައިންބަފައިންނާއި ދައުލަތުގެ ޒިންމާއެކެވެ. އަދި އެ މާއްދާގައި (ރ) ގއި ބަޔާން ކުރަނީ ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ލިބިދިނުމުގައި، ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށެވެ. އެ ވެކްސިން ޖެހުމަށް އިޢުތިރާޟްކުރުމުގެ ޙައްޤު މައިންބަފައިންނަށް ލިބިގެނެއްނުވެއެވެ.

ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ޤާއިމުކޮށް، އެކަންކަމަށް ވާޞިލުވެވޭނެ މަގުފަހިކޮށްދިނުމާއި، އެފަދަ ޚިދުމަތްތަކަށް ވާޞިލުވުމުން މަޙްރޫމުވެފައިވާ ކުއްޖަކު ނެތްކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް