ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 15:07
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
މުހައްމަދު ޝަރުހާން
ދ. ޖުޑީޝަލް ދާއިރާ
ދ. ޖުޑީޝަލް ދާއިރާ ހިންގުން ކުޑަހުވަދޫ ކޯޓުގެ މެޖިސްޓްރޭޓް އަބްދުލްޤާދިރާއި ހަވާލުކޮށްފި
 
ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުން
 
އޭނާ ސަސްޕެންޑް ކުރީ އެއްބަސްވުމެއްގައި ފޯރޖް ކޮށްފައިވާ ސޮއެއް ބޭނުންކުރެއްވިކަމަށް ބުނާ މައްސަލައެއްގައި
 
ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާޤް މުހައްމަދު ވަނީ ސަސްޕެންޑް ކޮށްފަ

ދ. ޖުޑީޝަލް ދާއިރާ ހިންގުން، ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަބްދުލްޤާދިރު އާދަމް އާ ހަވާލުކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުރާސްފަތި ދުވަހު ނެރެނު ބަޔާނެއްގައި ބުނެފައިވަނީ، ދ. ޖުޑީޝަލް ދާއިރާގެ، ދާއިރާ އިސް މެޖިސްޓްރޭޓް ޢަބްދުއްރައްޒާޤް މުޙައްމަދު ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރުމަށް ހަތެއް ޖަނަވަރީ 2020 ގައި ނިންމާފަިއވާތީ، ދ، ޖުޑީޝަލް ދާއިރާގެ، ހިންގުން ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަބްދުލްޤާދިރު އާދަމްއާ ޙަވާލުކުރުމަށް ބުދަ ދުވަހު އެ ކޮމިޝަނުން ބޭއްވި ބައްދަލު ވުމުގައި ނިންމާފައިވާ ކަމަށެވެ.

ދ. ކުޑަހުވަދޫ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަބްދުލްރައްޒާޤް މުޙައްމަދު ސަސްޕެންޑް ކޮށްފައިވަނީ، އެއްބަސްވުމެއްގައި ފޯރޖް ކޮށްފައިވާ ސޮއެއް ބޭނުންކުރެއްވިކަމަށް ބުނާ މައްސަލައެއްގައި ކަމަށް ޖޭއެސްސީ މީގެކުރިން ވަނީ ހާމަކޮށްފަ އެވެ.

މިމަހުގެ ހަތް ވަނަ ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީޢަތަށް ޢަބްދުލް ރައްޒާޤް ހުށައެޅުއްވި އެއްބަސްވުމުގައިވާ ސޮޔަކީ ފޯރޖް ކޮށްފައިވާ ސޮއެއްކަމަށް ބުނާ މައްސަލައެއް ފުލުހުން ތަޙްޤީޤު ކުރަމުންދާކަން އަންގާވަފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން އެކަން އަންގައި ކޮމިޝަނަށް ސިޓީ ފޮނުވުމާއެކު އޭނާގެ ސުލޫކީ މައްސަލަ ބެލުމަށާއި، ޖޭއެސްސީގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން އަބްދުލް ރައްޒާޤް މުޙައްމަދު ފަނޑިޔާރުންގެ މަސައްކަތުން ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް