Advertisement
ކ. މާލެ
|
15 ޖެނުއަރީ 2020 | ބުދަ 10:02
ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތިލަދުންމަތީ އރިވައި ކޮންފަރެންސް ފައްޓަވައިދެއްވަނީ
ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތިލަދުންމަތީ އރިވައި ކޮންފަރެންސް ފައްޓަވައިދެއްވަނީ
ރާއްޖެއެމްވީ
ތިލަދުންމަތީ އިރުވައި ކޮންފަރެންސް
ތިލަދުންމަތީ "އިރުވައި ކޮންފަރެންސް" ފަށައިފި
މި ކޮންފަރެންސް ފައްޜޓަވއިދެއްވީ ރައީސް ސާލިޙު
ކޮންފަރެންސް ފަށާފައިވަނީ ބުދަ ދުވަހު ހެނދުނު 9:00 ގައި
މި ކޮންފަރެންސް ކުރިއަށް ދާނީ ތިން ސެޝަންއަށް ބަހާލައިގެން

ތިލަދުންމަތީ އިރުވައި ކޮންފަރެންސް ފަށައިފި އެވެ.

ހއ. އަދި ހދ. ގެ އެމްޑިޕީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުން ބައިވެރިވާ މި ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

ހދ. ކުޅުދުއްފުށީ ސިޓީގެ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބާއްވާ މި ކޮންފަރެންސް ފަށާފައި ވަނީ ބުދަ ދުވަހު ހެނދުނު 9:00 ގައެވެ.

ފުރަތަމަ ސެޝަންގައި ލާމަރުކަޒީ ޤާނޫނުގެ ޚުލާސާއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޚުލާސާދެއްވާނީ އެމްޑީޕީގެ ލީގަލް ޑައިރެކްޓަރ ހިސާން ހުސައިން އަދި އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްޢަތެވެ. ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ހަމަޖެހިފައިވަނީވެސް މި ދެބޭފުންނެވެ.

މި ސެޝަންގައި ބޮޑު ބަޖެޓުގެ ޙުލާސާއެއް އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އަދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރައީސް ރައީސް ޔާމީންގެ ޒަޢާމަތުގައި ލާމަރުކަޒީ ނިޒާމް ރޫޅުމަށް ކުރެވުނު މަސައްކަތުގެ ޚުލާސާއެއް ޕާޓީގެ ނައިބް ރައީސް މުހައްމަދު ޝީފާޒް ދެއްވާނެއެވެ.

Advertisement

ދެވަނަ ސެޝަން ޗެއަރ ކުރައްވާނީ ރައީސް ސާލިޙާއި ރައީސް ނަޝީދެވެ.

އެއަށްފަހު ރަށުގެ ވަޒީފާގެ ފުރުސަތު އިތުރުވާނެ ގޮތުގެ ޕްރެޒެންޓޭޝަނެއް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީދަރ އިލްޔާސް ލަބީބް ދެއްވާނެއެވެ. ކޮންފަރެންސްގައި ބައިވެރިވާ ބައިވެރިންގެ ގްރޫޕްތަކަށް ބަހާލައިގެން ބައިވެރިންގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްފަހު ބައިވެރިންގެ މަޝްވަރާތަކުގެހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ތިންވަނަ ސެޝަންގައި ސަރުކާރުގެ ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ޕާޓީގެ ޑެޕއިޓީ ޗެއަރ އަލީ ނިޔާޒް މައުލޫމާތު ދެއްވާނެއެވެ. އަދި ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މާލީ ގޮތުން ކައުންސިލްތައް ފުދުންތެރިކުރުވުމަށް ޕްރޮޖެކްޓްތައް ކައުންސިލް މެދުވެރިކޮށް ހިންގުމާއިކައުންސިލްތަކުގެ ޒިންމާތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާނީ ފައިނޭންސް މިނިސްޓަރ އިބްރާހިމް އމީރެވެ.

މި ކޮންފަރެންސް ނިމޭނީ ބުދަ ދުވަހު ހަވީރު 5:00 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް