ކ. މާލެ
|
15 ޖެނުއަރީ 2020 | ބުދަ 09:17
އެސްޓީއޯގެ އެމްޑީ އަމްރު
އެސްޓީއޯގެ އެމްޑީ އަމްރު
ރައީސް އޮފީސް
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން
ގައުމީ ޝިޕިންލައިން އެއް އުފެއްދުމުގެ މަސައްކަތް މި އަހަރު ފަށަނީ
ކުރިން ހިންގި ޝިޕިންލައިން ބަނގުރޫޓްވެ ފުނޑުފުނޑު ވެގެންދިޔަ
ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބޭނެ: އަމްރު

މި ހިނގާ 2020 ވަނަ އަހަރުގެ ތެރޭގައި ގައުމީ ޝިޕިންލައިނެއް އުފެއްދުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އަންގާރަ ދުވަހުގުރޭ އެސްޓީއޯ އަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިކަން ހާމަކުރެެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރުއެވެ.

އަމްރު ވިދާޅުވީ، ރާއްޖެއަށް އެތެރެ ކުރަން ޖެހޭ ގިނަ ތަކެއްޗަކީ ކަނޑުމަގުން އެތެރެ ކުރަން ޖެހޭ އެއްޗެއްސަށްވާއިރު، ގައުމީ ޝިޕިން ލައިނެއް އޮތުން އެއީ މުހިއްމު ކަމެއް ކަމަށެވެ. އަދި ޝިޕިން ލައިނެއް އުފެއްދުމުގެ މަގްސަދަކީ، ވިޔަފާރިވެރިންގެ ޖީބަށް ލުއިކޮށް ހެޔޮ އަގުގައި ފަސޭހަކަމާއި އެކު ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުން ކަމަށެވެ.

މި އަހަރުގެ ތެރޭގައި ޝިޕިން ލައިނެއް އުފެއްދުމުގެ މަސައްކަތް ފަށާނެ ކަމަށް އަމްރު ވިދާޅުވެފައިވިޔަސް އެކަން ފައްޓަވާނީ ތާރީހެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ޝިޕިން ލައިން، މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އުފައްދާފައިވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރު ވެރިކަމުގައެވެ. އެ ޝިފިން ލައިނަކީ އޭރު މި ސަރަހައްދުގެ ވެސް އެންމެ ވަރުގަދަ އެއް ޝިޕިން ލައިންއެވެ. އޭރު އެމްއެންސީއެލް ގައި 60 އަށްވުރެ ގިނަ ބޯޓު އޮތެވެ.

އެކަމަކު 1990 ވަނަ އަހަރު އެ ކުންފުނީގެ ދަރަނި ބޮޑުވެ ކުންފުނި އެއްކޮށް ބަނގުރޫޓްވެ ފުނޑު ފުނޑުވެގެން ދިޔައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުން ކުންފުނި ބަނގުރޫޓް ވެގެން ދިޔައީ އެންމެ އެކަށީގެންވާ ގޮތަށް ކުންފުނި ހިންގިފައިނުވާތީއެވެ.

އެމްއެންސީއެލްގެ ކުރީގެ ޑިރެކްޓަރު މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް) ވިދާޅުވެފައިވާ ގޮތުން ކުންފުނި ބަގުރޫޓް ވެގެން ދިޔައިރު ދަރަނި އޮތީ 16.4 މިލިއަން ޑޮލަރަށް އަރާފައެވެ. އެ ފައިސާ ދައްކައި ހަލާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

- ކޮމެންޓް