ކ. މާލެ
|
15 ޖެނުއަރީ 2020 | ބުދަ 08:53
ވެކްސިންގެ މައުލޫމާތު ހިމެނޭ ޝީޓެއް
ވެކްސިންގެ މައުލޫމާތު ހިމެނޭ ޝީޓެއް
ވީއޯއޭ ނިއުސް
ހެލްތް މިނިސްޓްރީ
ހިމަބިހި ފެތުރެން ފެށީ ވެކްސިން ނުޖަހާ މީހުން ގިނަވުމުން: އެޗްޕީއޭ
 
ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރިޔަށް
 
އެއް ފަހަރު ޖެހުނު މީހަކަށް ދެވަނަ ފަހަރު ޖެހުން ނާދިރު: ޑރ. އަފްޒަލް
 
ހިމަބިހި ޖެހޭ ގޮތުގެ ތަފްސީލުތައް ވަނީ ހާމަކޮށްފައި

ރާއްޖެއިން އެއްކޮށް ނައްތާލެވިފައިވާ ''ހިމަބިހި'' މިހާރު ފެތެރުން ފަށާފައިވަނީ ކުރިޔާ އަޅައި ބަލާއިރު ވެކްސިންޖަހާ މީހުންގެ އަދަދު މަދުވުމުންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހިމަބިއްސާ ބެހޭގޮތުން އާއްމުންނަށް މައުލޫމާތުދިނުމަށް ހެލްތް މިނިސްޓްރީއާ، ދަމަނަވެށީއާ، އައިޖީއެމްއެޗްގެ އިތުރުން އެޗްޕީއޭ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ، ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ކަމަށް އިއުލާން ކޮށްފައިވިޔަސް އަބަދުވެސް ވެކްސިން ނުޖަހާ ބަޔަކު ތިބޭ ކަމަށެވެ.

އަވަށްޓެރި ގިނަ ގައުމުތަކަކީ ހިމަބިހި ފެނިފައިވާ ގައުމުތަކަށްވާއިރު، އެ ގައުމުތަކުގެ މީހުން ރާއްޖެއަށް ދަތުރުކޮށް އުޅޭނަމަ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެކަމަކު ރާއްޖޭގެ އާބާދީގެ 90 އިންސައްތަ އަށްވުރެ ގިނަ މީހުންނަކީ ވެކްސިން ޖަހާފައި ތިބި ބައެއްނަމަ ބަލި ފެތުރުމުގެ ފުރުސަތު އެއްވެސް ވަރަކަށް ނޯންނާނެކަމަށް ވިދާޅުވިއެވެ.

މިހާރު އަޅުގަނޑުމެންގެ ތެރޭގައި ވެކްސިން ފުރިހަމަ ނުކުރާ މީހުންގެ އަދަދު ކުރިޔާއަޅާއި ބަލާއިރު ދަށްވެފައިމިވަނީ. އެހެން ވީމާ އޭގެ ސަބަބުން މި ފަހަރު އިތުރަށް ފެތުރުމުގެ ފުރުސަތު މި އޮންނަނީ.
ޑރ. އަފްޒަލް އެޗްޕީއޭ

ޑރ، އަފްޒަލް ވިދާޅުވީ، އެއް ފަހަރު ހިމަބިހީގެ ބަލި ޖެހުނު މީހަކަށް ދެވަނަ ފަހަރު އެބަލި ޖެހުމަކީ ނާދިރު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ކުރިން ވެކްސިން ނެގިޔަސް ދެ ވަނަ ފަހަަރަކު ވެކްސިން ފުރިހަމަ ކޮށްލެވިދާނެ ކަމަށެވެ. ޝައްކެތް އޮތްނަމަވެސް ވެކްސިން ނެގުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕެނަލް ޑީސްކަޝަންގައި ބައިވެރިވެ ވަޑައިގެންނެވި ޑޮކްޓަރުން ވަނީ ހިމަބިއްސާ ބެހޭ ބައެއް މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

ހިމަބިހީގެ އަލާމާތްތައް:

  • ހުން: އާއްމު ގޮތެއްގައި ހުން ހުންނާނީ 40 ޑިގްރީ ސެލްޝިއެސް ގައި
  • ރަތް ކުލައިގެ ބިހި: ފެން ނުލައި ރަތް ކުލައިގެ ކުދި ބިހިތަކެއް ހަށިގަނޑުގައި ނެގުން
  • އަޅި ކުލައިގެ ތިކިތއް: އަނގައިގެ ތެރޭގައި ހުދު އަޅި ކުލައިގެ ތިކިތަކެއް
  • ކިނބިހި އެޅުން
  • ނެފާތް ބެދުން
  • ލޯ ރަތްވުން
  • ލޯ ދުޅަވުން (ހާއްސަކޮށް ލޯލުގެ ބޮނޑި ދުޅަވުން، ބައެއް ފަހަރު އައްޔަން ނިކުތުމުން ލޮލަށް އުދަގޫވުން)
  • ބޮލުގައި ރިހުން

ހިމަބިހިޖެހުމުގެ ފުރުސަތު ބޮޑު މީހުން:

  • ހަ މަަހުގެ ކުޑަ ކުދިން
  • މާބަނޑު އަންހެނުން
  • ދިފާއި ނިޒާމް ބަލިކަށި މީހުން

ވެކްސިން ނުޖެހޭ މީހުންނަށްވެސް އެންމެ ރައްކާތެރި ގޮތަކީ ދެން ތިބި މީހުން ވެކްސިން ޖެހުމެވެ.

ހިމަބިހި ފެތުރޭ ގޮތްތަކުގެ މައިގަނޑު ދެ ގޮތަކަށް:

  • ބަލި ޖެހިފައި ހުންނަ މީހަކު ކެއްސާ ކިނބިހި އެޅުމުން ބޭރުވާ ޖަރާސީމު ބަލި ނުޖެހި ސަލާމަތުން ހުންނަ މީހާގެ ހަށިގަނޑު ތެރެއަށް ދިޔުން
  • ބަލީ މީހަކު ކެއްސާ ކިނބިހި އެޅުމަށް ފަހު ބޭރުގައި ޖަރާސިމު ހަރުލާފައި ހުއްޓާ އެތަނުގައި ބަލި ނުޖެހި ހުންނަ މީހާ އަތްލުމަށް ފަހު، އަނގަޔަށް، ނޭފަތަށް ނުވަތަ ލޮލަށް އަތްލުމް

ހިމަ ބިހީގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް:

  1. ފުއްޕާމޭ ނޫނީ ވައިނޮޅީގެ ކަފީގައި އިންފެކްޝަން އުފެދުން
  2. ބޭރަށް ހިނގައި ހޮނޑުލެވި، ހަށިގަނޑުން ފެނުގެ ބައި މަދުވުން
  3. ކަންފަތުގެ އިންފެކްޝަން އުފެދުމުގެ ފުރުސަތު
  4. އަޑު އުފެއްދުމަށް ބޭނުންވާ ގުނަވަނުގައި އިންފެކްޝަން އުފެދި، ލެރިންޖައިޓިސް ކުރިމަތިވުން
  5. ސިކުނޑި ދުޅަވުން
  6. ލޮލު ރޯގާ ޖެހުން

ދޮޅު އަހަރަށްފަހު ރާއްޖޭންވެސް ހިމަބިހި ފެނިފައިވާއިރު، ރާއްޖެއަކީ ހިމަބިހި (މީސްލްސް) ނައްތާލާފައިވާ ޤައުމެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާ އިޢުލާންކޮށްފައި ވަނީ 13 ޖޫން 2017 ގައެވެ.

ގައިންގަޔަށް އަރާ ބަލިތަކުން ތުއްތު ކުދިން ރައްކާތެރިކުރުމަށް ރާއްޖޭގައި ވެކްސިންދޭން ފަށާފައި ވަނީ 1976 ވަނަ އަހަރުއެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައި ވަނީ 1983 ވަނަ އަހަރުއެވެ. ދިވެހިރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ 2009 ވަނަ އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް