ކ. މާލެ
|
14 ޖެނުއަރީ 2020 | އަންގާރަ 00:47
އެމްޑީޕީ އޮފީހުގައި ޕްރައިމަރީގެ ފޯމް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދަނީ
އެމްޑީޕީ އޮފީހުގައި ޕްރައިމަރީގެ ފޯމް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދަނީ
އެމްޑީޕީ
އެމްޑީޕީ
ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފި
 
ރަށު ކައުންސިލްތަކަށް ކުރިމަތިލާފައިވަނީ 1067 ކެންޑިޑޭޓުން
 
އަތޮޅު ކައުންސިލްތަކުގެ ޕްރައިމަރީގައި ވާދަކުރަނީ 53 ކެންޑިޑޭޓުން
 
ސިޓީ ކައުންސިލްތަކުގެ ޕްރައިމަރީގައި ވާދަކުރާނީ 108 ކެންޑިޑޭޓުން

އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފި އެވެ.

އާންމުކޮށްފައިވާ ލިސްޓަށް ބަލާލާއިރު ސިޓީ ކައުންސިލްތަކުގެ ޕްރައިމަރީގައި ވާދަކުރާނީ 108 ކެންޑިޑޭޓުންނެވެ. އެއީ މާލެ ސިޓީ އަށް 49 ކެންޑިޑޭޓުން، އައްޑޫ ސިޓީއަށް 44 ކެންޑިޑޭޓުން އަދި ފުވައްމުލަކު ސިޓީ އަށް 15 ކެންޑިޑޭޓުންނެވެ. އަތޮޅު ކައުންސިލްތަކަށް ކުރިމަތިލާފައިވަނީ 53 ކެންޑިޑޭޓުންނެވެ. ރަށު ކައުންސިލްތަކަށް ކުރިމަތިލާފައިވަނީ 1067 ކެންޑިޑޭޓުންނެވެ.

އެމްޑީޕީން މިލިސްޓު އާންމުކޮށްފައިވާއިރު އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ދީފައިވާ ކުޅުދުއްފުށީ ސިޓީގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލަފަ އެވެ. ޕްރައިމަރީގައި ވާދަކުރުމަށް އެޕްލިކޭޝަން ފޯމް މިމަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުށެހެޅޭނެއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ. އެމްޑީޕީ ޕްރައިމަރީ މިމަހު ބާއްވާއިރު އެމްޑީޕީން މިހާރުވެސް ވަނީ ލޯކަލްކައުންސިލް އިންތިޚާބުގެ ކެމްޕޭން ފަށާފަ އެވެ.

އާދިއްތަ ދުވަހު އެމްޑީޕީން ވަނީ "އެޖެންޑާ 19 ރަށަށް، ތިލަދުންމަތީ ދަތުރު" ފަށާފައެވެ. އެ ދަތުރުގައި އިސްކޮށް ހުންނަވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
67%
0%
33%
0%
0%
ކޮމެންޓް