ކ. މާލެ
|
13 ޖެނުއަރީ 2020 | ހޯމަ 23:31
ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ވަޙީދު
ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ވަޙީދު
ޔޫސުފް ސޮފްވާން ރަޝީދު
އެޖެންޑާ 19 ރަށަށް
ބަޖެޓު އެންމެ ފުރިހަމަކޮށް ތަންފީޒު ވެގެންދާނީ ފުރިހަމަ ރީނދޫ ކައުންސިލެއް އޮވެގެން: ޢަބްދުﷲ ވަޙީދު
 
ކުރިއަށް އޮތް ފަސް އަހަރު ވެގެންދާނީ ރައްޔިތުންނަށް އުފަލާއި ހިތްހަމަޖެހުން ގެނުވައިދޭނެ އަހަރުތަކަކަށް ކަމަށް ވިދާޅުވި
 
އަންނަ އަހަރަށް ފާސްކުރެވުނު ބަޖެޓުގައި ދިއްދޫ އަށް ރައީސް ވެވަޑައިގެންނެވި ވައުދުތަކުގެ 90% ވަނީ ހިމެނިފައި
 
ދިއްދޫއަށް 200 މިލިއަންގެ ބަޖެޓެއް ފާސްކުރެވުނު

2020ގެ ބަޖެޓު އެންމެ ފުރިހަމަކޮށް ތަންފީޒު ވެގެންދާނީ ފުރިހަމަ ރީނދޫ ކައުންސިލެއް އޮވެގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިނަށް އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގައި، ހއ. ދިއްދޫގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މެމްބަރު ވިދާޅުވީ 2020 ވަނަ އަހަރު ދިއްދޫއަށް 200 މިލިއަންގެ ބަޖެޓެއް ފާސްކުރެވުނު ކަމަށެވެ. އަދި މި ބަޖެޓު އެންމެ ފުރިހަމަކޮށް ތަންފީޒުވެގެންދާނީ ފުރިހަމަ ރީނދޫ ކައުންސިލެއް އޮވެގެން ކަމަށެވެ. ދިއްދޫގެ ބަޖެޓަށް އަލިއަޅުއްވާލާ މެމްބަރު ވިދާޅުވީ 2020 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓުގައި ދިއްދޫ ރައްޔިތުންނަށް ރައިސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުތަކުގެ 90% ވަނީ ހިމެނިފައިކަމަށެވެ.

2020ގެ ބަޖެޓު ފާސްވެގެން ދިޔައިރުގާ ދިއްދޫ ރައްޔިތުންނަށް ރައިސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުތަކުގެ 90% ވަނީ ހިމެނިފައި. މިފަހަރުގެ ޕީއެސްއައިޕީގައި 49 މިލިއަން ރުފިޔާ ދިއްދޫ ރައްޔިތުންނަށް ކަނޑައަޅާފައިވޭ. އަޅުގަނޑުމެންނަށް 2019 ވަނަ އަހަރަށް ލިބިގެންދިޔައީ 3.9 މިލިއަން ރުފިޔާ.

މެމްބަރު ވިދާޅުވީ އެޖެންޑާ 19ގެ ވައުދުތަކާއި ރައިސުލްޖުމްހޫރިއްޔާގެ ވައުދުތަކަކީ އިހުމާލުވާނެ ވައުދުތަކެއް ނޫން ކަމަށެވެ. އަދި އެ ވައުދުތައް ކުރިއަށް އޮތް އަހަރުތަކުގައި ފުއްދަވާނެ ކަމަށް ވިދާޅުވެ މެމްބަރު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ވެގެންދާނީ ރައްޔިތުންނަށް އުފަލާއި ހިތްހަމަޖެހުން ގެނުވައިދޭނެ އަހަރުތަކަކަށް ކަމަށެވެ.

2020ގެ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ރައްޔިތުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ. އެގޮތުން 37.8 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
100%
0%
ކޮމެންޓް