ކ. މާލެ
|
22 މާރޗް 2017 | ބުދަ 14:43
ޖެއިޕޫރުގައި ހުންން "ޕަދްމާވަތީ"ގެ ސެޓަށް ހަމަލާދެނީ
ޖެއިޕޫރުގައި ހުންން "ޕަދްމާވަތީ"ގެ ސެޓަށް ހަމަލާދެނީ
ގޫގުލް
ބޮލީވުޑް
"ޕަދްމާވަތީ" ރިލީޒް ކުރާ ތާރީޚަށް ބަދަލެއް ނާދޭ
ކުރިންވެސް ހަމަޖެހިވާ ގޮތަށް 17 ނޮވެމްބަރ 2017 ގައި ފިލްމް ރިލީޒް ކުރާނެ

މަޝްހޫރު ފިލްމް ޑައިރެކްޓަރ ސަންޖޭލީލާ ބަންސާލީ އުފައްދަމުން އަންނަ ފިލްމް "ޕަދްމާވަތީ"އާ ދެކޮޅަށް މުޒާހަރާކޮށް ފިލްމް ޝޫޓިން ކުރިއަށް ގެންދުއުމަށް ފިއްތުންތައް ކުރިމަތި ކުރުވި ނަމަވެސް އެ ފިލްމް ރިލީޒްކުރަން ކުރިން ހަމަޖެހިފައި އޮތް ތާރީޚުގައި ރިލީޒް ކުރާނެ ކަމަށް ބަންސާލީ ޕްރޮޑަކްޝަން އިން ބުނެފިއެވެ.

ބަންސާލީ ޕްރޮޑަކްޝަންގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ "ޕަދްމާވަތީ" ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތާރީޚަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ކުރިންވެސް ހަމަޖެހިވާ ގޮތަށް 17 ނޮވެމްބަރ 2017 ގައި ފިލުމް ރިލީޒް ކުރާނެ ކަމަށެވެ.

ތާރީޚީ ލޯބީގެ ހާދިސާއެއް ކަމަށްވާ ޗިޓޯރުގެ ރަސްކަލުން ރަތަންސޭންގެ އަނބިކަނބަލުން ރާނީ ޕަދްމިނީ (ޕަދްމާވަތީ)ގެ ހަޔާތުގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމްގެ ޝޫޓީން މިދޔަ ޖެނުއަރީ މަހު ކުރިއަށް ދަނިކޮށް ޖަޔަޕޫރުގުގައި ހުންނަ ސެޓަށް ޖެއިޕޫރަށް ނިސްބަތްވާ ޕާޓީ "ކާނި ސެނާގެ" ބައެއް ސަޕޯޓަރުންނާއި މެމްބަރުން ގޮސް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ހަމަނުޖެހުން ހިންގާ ބަންސާލީއަށް ހަމާލާދީ ސެޓަށް ގެއްލުންދީ ފިލްމްގެ ޝޫޓިން ހުއްޓުވާފައިވަނީ އެފިލްމްގައި ރާނީ ޕަދްމިނީގެ ހަޔާތާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ހިމެނޭ ކަމަށް ބުނެއެވެ.

ސެޓަށް ލިބުނު ގެއްލުމާ ގުޅިގެން ޝޫޓިން މެދުކަނޑާލުމަށް ފަހު އަލުން ޝޫޓިން ފެށިތާ ދިހަ ވަރަކަށް ދުވަސް ނުވަނީސް މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ވަނީ ކޯލާޕޫރު ޑިސްޓްރިކްޓް ކައިރީގައި އޮންނަ މަސައި ޕާތަރުގައި ހުރި ޕަދްމާވަތީގެ ސެޓްގައި ބަޔަކު އަލިފާން ރޯކޮށްލާފައެވެ.

މިފިލްމުގައި ލީޑް ރޯލުން ފެނިގެންދަނީ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ އިތުރުން ޝާހިދް ކަޕޫރެވެ.

- ކޮމެންޓް