ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 07:35
ސައި އިންގް-ވެން
ސައި އިންގް-ވެން
ގެޓީ އިމޭޖަސް
ޓައިވާން
ޓައިވާންގެ ރައީސް ކަމަށް ސައި އިންގް-ވެން ދެވަނަ ދައުރަކަށް ހޮވި ވަޑައިގެންފި
އެކަމަނާ ދެވަނަ ދައުރަކަށް ހޮވިވަޑިގެންނެވީ ވޯޓުލީ މީހުންގެ 57 އިންސައްތަ ވޯޓު ލިބިވަޑައިގެން
އެކަމަނީ ބަލިކުރެއްވި ކެނޑިޑޭޓަކީ "ޕްރޯ-ޗައިނާ" ބޭފުޅެއް

ޓައިވާންގެ ރައީސް ކަމަށް ސައި އިންގް-ވެން ދެވަނަ ދައުރަކަށް ހޮވި ވަޑައިގެންފިއެވެ.

އެކަމަނާ ދެވަނަ ދައުރަކަށް ހޮވިވަޑިގެންނެވީ ވޯޓުލީ މީހުންގެ 57 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވެ. އެކަމަނާއަށް ވަނީ ޖުމްލަ 8.2 މިލިއަން މީހުންގެ ވޯޓު ލިބިވަޑައިގެންނަވައިފައެވެ. އެކަމަނާއާއި އެންމެ ގާތުން ވާދަކުރެއްވި ހަން ކޯ-ޔޫ އަށް ލިބިވަޑައިގެންނެވީ 43 އިންސައްތަ މީހުންގެ ވޯޓެވެ.

ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވުމަށްފަހު ސަޕޯޓަރުންނާއި މުހާތަބުކުރައްވައި ސައި ވިދާޅުވީ، މިއީ ޓައިވާންއަށް ލިބިގެންދިޔަ ކާމިޔާބީއެއް ކަމަށާއި ޗައިނާއިން ބާރު ފޯރުވަމުން އަންނަ ޓައިވާންގެ ރަށްތަކަށް އިތުރަށް ބާރު ނުފޯރުވާން ޗައިނާގެ ރައީސްއަށް ގޮވައިލައްވާ ކަމަށެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ ޗައިނާ އިން ބާރުފޯރުވަމުންގެންދާ އެގައުމުގެ ރަށްތަކުން ޗައިނާގެ ބާރު ފޮހިލުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ޗައިނާގެ ސަރުކާރަށް މިކަން އިނގެންޖެހޭނެ ކަމަށެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ޓައިވާނުން ދުނިޔެއަށް ދައްކައިދިނީ ޑިމޮކްރެޓިކްގެ ރީތި ނަމޫނާއެއް ކަމަށާއި އެކަމަނާގެ ދެވަނަ ދައުރުގައި ގައުމު އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް