ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 19:34
ގުޑީސް ކުޅުންތެރިން
ގުޑީސް ކުޅުންތެރިން
މިހާރު
ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕް
ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕް: ގުޑީސް ބަލިކޮށް ޕޮލިހުން ފައިނަލަށް
މި މެޗު ޕޮލިހުން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުން

ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ދެވަނަ ސެމީގައި ގުޑީސް ސްޕޯޓްސް ކްލަބް ބަލިކޮށް ޕޮލިސް ކްލަބުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ.

މެޗުގެ ސެޓުތައް ދިޔައީ 25-19، 29-31، 25-22 އަދި 25-23 އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓުގައި ގުޑީސްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވާއިރު މި ސެޓުގައި ޕޮލިސް ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ޕޮލިސްގެ ހުޒާމް (ހުޒަންޓޭ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ދެވަނަ ސެޓުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން މި ސެޓުގައި ގުޑީސް ކުޅުންތެރިންވަނީ ޓީމެއް ގޮތުގައި ކުޅެ ސެޓު ގެންގޮސްފައެވެ. މި ސެޓުގައި ގުޑީސްގެ ނިލާމް (ޕާޓޭ) ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

ނަމަވެސް ޕޮލިހުން ވަނީ ފަހު ދެ ސެޓު ކާމިޔާބުކޮށް މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިގެންދިޔައީ ޕޮލިސް ކްލަބުގެ ޖާޒީ ނަމްބަރު 9 އިސްމާއިކް ސާޖިދު (ކުޑަކާއްޓޭ) އެވެ.

މުބާރާތުގެ ފައިނަލުގައި ޕޮލިހުން ވާދަކުރަންޖެހޭނީ ފުރަތަމަ ސެމީން ޕޮލިސް އަތުން މޮޅުވި ދިވެހި ސިފައިންގެ ކްލަބާއެވެ. ފުރަތަމަ ސެމީގައި ޕޮލިހުން ސިފައިން ބަލިކުރީ ތިން ސެޓު ދެ ސެޓުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް