ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 09:08
ޝީއީންގެ އިސް ލީޑަރު މުކްތަދާ އަލް-ސަދްރު
ޝީއީންގެ އިސް ލީޑަރު މުކްތަދާ އަލް-ސަދްރު
ރޮއިޓަރސް
އިރާގު
އިރާނާއި އެމެރިކާގެ ހަނގުރާމައިގެ މައިދާނަކަށް އިރާގު ނުހެދުމަށް އިލްތިމާސްކުރައްވައިފި
ސުލްހަ ގާއިމްކުރުމަށް ވަނީ ގޮވާލާފައި
15 ދުވަސްތެރޭގައި އިރާގުގައި އައު ސަރުކާރެއް އެކުލަވާލާނެ
ސުލެއިމާނީ މަރާލުމުގެ ރައްދެއްގެ ގޮތުން އިރާނުން ފުރަތަމަވެސް ހަމަލާދިނީ އިރާގުގައި ހުންނަ އަސްކަރީ މަރުކަޒަކަށް

އިރާނާއި، އެމެރިކާގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ މައިދާނަކަށް އިރާގު ނުހެދުމަށް އިލްތިމާސްކުރައްވައިފިއެވެ.

ރޮއިޓާސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޝީއީންގެ އިސް ލީޑަރު މުގްތަދާ އަލް-ސަދްރު ވިދާޅުވީ އީރާންއާ އެމެރިކާއާ ދެމެދު ބަދަލުކުރަމުން އަންނަ ހަމަލާތައް ހުއްޓާލުމަށާއި، އެއްވެސް ފަރާތަކުން ބާރުވެރިކަމެއް ނުދައްކާ ސުލްހަ ގާއިމްކުރުމަށް ގޮވާލާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިހާރު މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް އިންތިޚާބެއް ބޭއްވުމަށް ކަމަށާއި، ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އިރާގުގައި އައު ސަރުކާރެއް އެކުލަވާލެވޭނެ ކަމަށެވެ.

އެގޮތުން ހުރިހާ ރައްޔިތުންގެ ސުލްހަމަސަލަސްކަން ގާއިމްކޮށް މަޑުންތިބުމަށް ސަދްރު ވަނީ ގޮވާލައްވާފައެވެ. އަދި އިރާގުގައި ތިބި އެހެންގައުމުތަކުގެ ސިފައިން އެގައުމުން ބޭރުކުރުމަށް ރައްޔިތުން އިތުރަށް ބާރުއެޅުމަށް ސަދްރުވަނީ ގޮވާލައްވާފައެވެ.

އިރާގުގެ ބަގްދާދްގައި ސުލްހަމަސަލަސްކަން ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އެއްވެސް ޖަމާއަތަކުން އެއްވެސް ހަމަލާއެއް ނުދިނުމަށް މިހާރު ވަނީ އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް