ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 12:59
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
އެޑްމިން
މެމްބަރު އަލީ ހުސެއިން
ޖަލުތައް އިސްލާހުކުރުމަށް އެންމެ ރަނގަޅު ގޮތުގައި މަސައްކަތެއް ނުކުރޭ: މެންބަރު އަލީ ހުސެއިން
 
މާފުށީ ޖަލުގައި ވަނީ ހަމަނުޖެހުން ހިންގާފައި
 
ޖަލު ހިންގުމަށް ގާބިލު އަދި ޕްރޮފެޝަނަލް މީހުން އިސްކުރަން ޖެހޭ
 
ޖަލުތައް އިސްލާހު ކުރުމަކީ މިސަރުކާރުގެ އެންމެ ބޮޑު އެއްވައުދު

މިސަރުކާރުން ޖަލުތައް އިޞްލާޙުކުރުމަށް އެންމެ ރަނގަޅު ގޮތުގައި މަސައްކަތް ނުކުރާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

މެންބަރު ޢަލީ ޙުސައިން ވިދާޅުވީ ޖަލުތައް އިޞްލާޙު ކުރުމަކީ މިސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދު ކަމަށެވެ. އަދި އެ މަސައްކަތް އެންމެ ރަނގަޅަށް ހިންގަމުންދާ ކަމަކަށް ނުފެންނަ ކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު ޢަލީ ޙުސައިން ވިދާޅުވީ ޖަލުތައް އިޞްލާޙު ކުރުމަށްޓަކައި ޖަލު ހިންގުމަށް ޤާބިލު އަދި ޕްރޮފެޝަނަލް މީހުން އިސްކުރަން ޖެހޭ ކަމަށެވެ.

ޖަލުތަކުގެ ޙާލަތާއި ބެހޭ ގޮތުން މެންބަރު ޢަލީ ޙުސައިން ކަންބޮޑުވުން ފާޅުކުރައްވާފައި ވާއިރު މާލޭގެ ޖަލުގައި ރިމާންޑް ބަންދުގައި ތިބި 133 މީހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް މިކަން އަދި އެއްވެސް ރަސްމީ މުއައްސަސާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޖަލުތަކުގެ ޙާލަތު އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ދާއިރު، މާފުށި ޖަލުގަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން މިމަހުގެ 05 ވީ އާދީއްތަ ދުވަހު ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގަ ބާރުގެ ބޭނުންކޮށްފައިވާ ކަމަށް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް (އައިސީއެސް) އަޙްމަދު މުޙައްމަދުފުޅު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މާފުށި ޖަލުގައި ބަންދުގަ ތިބި މީހުންނާއި، ކަރެކްޝަންސްގެ އޮފިސަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާ، ކަރުނަ ގޭސް ޖަހާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި ޢާންމުވެފައެވެ. މި ހަމަނުޖެހުންތައް މާފުށި ޖަލުގައި ހިނގަމުން ދިޔައިރު ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު އެތަނުގަ ހުންނެވި ފޮޓޯތައްވެސް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވެފައެވެ. މާފުށި ޖަލުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ކަރެކްޝަނަލް ސަރވިސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖަލު އޮފިސަރުން ބަންދުގައި ތިބި މީހުން ކޮންޓްރޯލް ކުރުމުގައި ޢަމަލުކޮށްފައިވަނީ ކެތްތެރިކަމާއެކުގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް