ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 13:08
އެފްއައިޔޫގެ ވެރިޔާ އިބްރާހީމް އަހުމަދު ނާސިރު އަދި މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު
އެފްއައިޔޫގެ ވެރިޔާ އިބްރާހީމް އަހުމަދު ނާސިރު އަދި މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
އެފްއައިޔޫ އާއި މީރާއާ ދެމެދު މައުލޫމާތު ބަދަލުކުރ
ފައިނޭންސް އިންޓެލިޖެންސް ޔުނިޓާއި މީރާއާ ދެމެދު މައުލޫމާތު ބަދަލު ކުރުމުގެ އެއްބަސްވުމެއް!
 
އެފްއައިޔޫއަކީ އެމްއެމްއޭގައި ގާއިމުކޮށްފައިވާ މިނިވަން ޔުނިޓެއް

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އާދެމެދު މައުލޫމާތު ބަދަލު ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އެފްއައިޔޫއާ މީރާއާ ދެމެދު މަޢުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ހޯމަ ދުވަހު, އެކަމަށްޓަކައި އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެފްއައިޔޫއަކީ، މަނީ ލޯންޑަރިންގ ފަދަ ފައިސާއާ ގުޅޭ މުޢާމަލާތްތައް ހިންގުމުގައި ޤާނޫނާ ޤަވާއިދާ ޚިލާފަށް ހިންގާ ކަންކަމާއި އަދި އެފަދަ ފައިސާގެ ޓްރާންސްސެކްޝަންތައް ބެލުމަށް، ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް ކަމަށްވާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ޤާއިމުކޮށްފައިވާ މިނިވަން ޔުނިޓެކެވެ.

އެފްއައިޔޫއާ މީރާއާ ދެމެދު މަޢުލޫމާތު ބަދަލު ކުރުމުގެ އެއްބަސްވުމުގައި އެފްއައިޔޫގެ ފަރާތުން ސޮއި ކުރެއްވީ އެފްއައިޔޫގެ އިސްވެރިޔާ އިބްރާހީމް އަޙްމަދު ނާސިރު އެވެ. އަދި މީރާގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު އެވެ.

ސޮއި ކުރުމުގެ މިރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އާއި އެފްއައިޔޫގެ އިސްވެރިން، އަދި މީރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެފްއައިޔޫއާއި މީރާއާ ދެމެދު މަޢުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު، ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ދައުލަތުގެ ފައިސާއިން ބޮޑެތި ޚިޔާނާތްތައް ހިންގާފައިވާކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އަދި މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ރައީސް ޔާމީން 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވެއެވެ. މިމައްސަލާގައި އެމްއެމްއޭއާއި ބައެއް ބޭންކުތަކުގެ ބައިވެރިވުން އޮތްކަމުގެ ތުހުމަތުވެސް ކުރެވިފައިވެއެވެ. ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމަށްފަހު، އެމްއެމްއޭގެ ގަވަރުނަރު އަދި އެފްއައިޔޫގެ އިސްވެރިޔާގެ މަޤާމަށް އާ ބޭފުޅުން ވަނީ ޢައްޔަން ކުރައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް