ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 13:37
ހުއްޓުވި ބިދޭސީއެއް
ހުއްޓުވި ބިދޭސީއެއް
އިމިގްރޭޝަން
އިމިގްރޭޝަން
އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި ދެބިދޭސީން ހުއްޓުވައިފި
 
ބެލުމުގެ ދަށަށް ގެނެއީ 21 އަހަރާއި، 29 އަހަރުގެ ދެމީހުން

އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި ދެ ބިދޭސީ ފިރިހެނަކު ހުއްޓުވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ނަކަލުކޮށްފައިވާ ކާޑު ބޭނުންކޮށް، އޮޅުވާލައިގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ދެ ބިދޭސީން ހިފަހައްޓާފައިވާ ކަމަށެވެ.

އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 21 އަހަރާއި، 29 އަހަރުގެ ދެ ފިރިހެނުން ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީ

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ނަކަލުކޮށްފައިވާ ޕާސްޕޯޓް ބޭނުންކޮށްގެން ނުވަތަ އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 12 މީހަކު ހިފަހައްޓާފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް