ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 13:05
ސްރީލަންކާ
ސްރީލަންކާ
އަލްޖަޒީރާ
ސްރީލަންކާ
ސްރީލަންކާއިން ހިފެހެއްޓި ދިވެހިންގެ ތެރެއިން 9 މީހުން ދޫކޮށްލައިފި
 
ފޮރިން މިނިސްޓްރީން ވަނީ ލަންކާގައި ދިރިއުޅޭ ރައްޔިތުން ގެއިން ބޭރަށް ނިކުންނައިރު ޕާސްޕޯޓް ގެންގުޅުމަށް އިލްތިމާސްކޮށްފައި

އަވަށްޓެރި ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 12 މީހުންގެ ތެރެއިން 9 މީހުން ދޫކޮށްލާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ އާދީއްތަ ދުވަހުގެ ރޭ 12 ދިވެހިން ލަންކާގެ ކޮހުވަލަ ޕޮލިސް ސްޓޭޝަނަށް ގެންދިޔަކަމަށެވެ. އެއީ ތަފާތު އެކިއެކި މައްސަލަތަކުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މީގެތެރެއިން 5 މީހަކު ހަމައެކަނި ސުވާލުކުރުމަށް ގެންދިޔަކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ސްރީ ލަންކާގަ ހުންނަ ރާއްޖޭގެ އެމްބަސީގެ މުއައްޒަފުން އެ މީހުންނަށް ކޮންސިއުލަރ ޚިދުމަތްތައް ދިނުމުގައި އެތަނުގައި ޙަރަކާތްތެރި ވަމުންދާކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ސްރީ ލަންކާގައި އީސްޓަރ އާއި ދިމާކޮށް ދިން ބޮމުގެ ޙަމަލާތަކަށް ފަހު ފޮރިން މިނިސްޓްރީން ވަނީ ދިވެހިން ބޭރުގަ އުޅޭ އިރު ޕާސްޕޯޓު ހިފައިގެން ދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި 12 ދިވެހިން އާދީއްތަ ދުވަހު ހައްޔަރުކުރުމާއި ގުޅިގެން، ފޮރިން މިނިސްޓްރީން ވަނީ ސްރީ ލަންކާގައި ދިރިއުޅޭ ރައްޔިތުން ގެއިން ބޭރަށް ނިކުންނައިރު ޕާސްޕޯޓް ގެންގުޅުމަށް އަނެއްކާވެސް އިލްތިމާސްކޮށްފައެވެ. އަދި ވިސާގެ މުއްދަތު ހަމަވެފައިވޭތޯ ބެލުމަށްވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

އަދި ރާއްޖެއިން ބޭރުގައި ދިވެހިން އުޅޭއިރު، އެއުޅޭ ޤައުމެއްގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް