ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 13:01
ހުޅުމާލެ
ހުޅުމާލެ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތީގެ މައްސަލަ: މިދިޔަ ނޮވެމްބަރު މަހު ހުޅުމާލެ ގެސްޓްހައުސަކުން ހައްޔަރުކުރި 8 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
 
އަންހެނެއް ވެސް ހިމެނޭ، އޭނާގެ މައްޗަށް އުފުލާފައިވަނީ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދަޢުވާ
 
މިމައްސަލާގައި 12 މީހުން ހައްޔަރުކުރި ކަމަށްވޭ

މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ހުޅުމާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށް، ތަހުޤީޤު ހިންގި، މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ކޯޓަށް ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ބުނީ، އެ މައްސަލައިގަ ދަޢުވާކޮށްފައި ވަނީ ޖުމުލަ 8 މީހެއްގެ މައްޗަށް ކަމަށެވެ. އެއީ އަންހެނަކާއި 7 ފިރިހެނެއްގެ މައްޗަށް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ހުޅުމާލޭ ގެސްޓް ހައުސްއެއްގައި ބަނގުރާ ބޯން ތިބިކަމަށް ތުހުމަތުކުރެވުނު މައްސަލާގައި އަންހެން މީހާގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 125 ވަނަ މާއްދާގެ ދަށުން ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދަޢުވާއެވެ. އަދި މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ ދަށުން 6 ފިރިހެނެއްގެ މައްޗަށް ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން މި މައްސަލާގައި އިތުރު ފިރިހެނެއްގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ޑްރަގް ކޯޓަށް ހުށައަޅާފައިވާކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މިމައްސަލައަކީ، މިދިޔަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހު، ހުޅުމާލެ ގެސްޓް ހައުސްއެއްގަ 12 މީހުން ބަނގުރާ ބޯން ތިބި ކަމަށް ތުހުމަތު ކުރެވުނު މައްސަލައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް