ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 11:36
މީގެ ކުރިން ފަރަށް އަރާފައި އޮތް ދޯންޏެއް
މީގެ ކުރިން ފަރަށް އަރާފައި އޮތް ދޯންޏެއް
އެމްއެންޑީއެފް
ދިވެއްސެއް ގެއްލުން
ފަރަށް އެރި މުދާއުފުލާ ދޯންޏެއްގައި ހުރި ދިވެއްސެއް ގެއްލިގެން ހޯދަނީ
 
މިސަރަހައްދުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުން
 
އެމީހާގެ ފޯނާއި ދަބަސް ދޯނީގައި އެބައޮތް
 
ގެއްލިގެން އުޅެނީ 37 އަހަރުގެ ފިރިހެނެއް

ފަރަށް އެރި މުދާއުފުލާ ދޯންޏެއްގެ ކެޕްޓަނަކަށް ހުރި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނީ ތިން މީހުންނާއެކު މުދާ އުފުލި ދޯންޏެއް ކ. ކަގި ފަރަށް އަރާ، މިޙާދިސާގައި އެދޯނީގައި ހުރި 37 އަހަރުގެ ދިވެހި މީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ ހޯމަ ދުވަހުގެ ހެނދުނު 8:09 ގައި ކަމަށެވެ. އަދި އެ ދިވެހި މީހާ ގެއްލުނުއިރު ދަބަހާއި ފޯނު ދޯނީގައި އޮތް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ ފަރަށް އެރި ޓީޓީއެސް ފާން ނަމަކަށް ކިޔާ މިދޯނީގައި ދެން ތިބީ ދެ ބިދޭސީން ކަމަށެވެ.

މިހާރު މިޞަރަޙައްދުގަ އެމްއެންޑީއެފްގެ ކޯސްޓްގާރޑުގެ ލޯންޗެއް ދަނީ ޙަރަކާތްތެރިވަމުންނެވެ.

37 އަހަރުގެ މީހަކު ގެއްލިގެން ހޯދަމުންދާއިރު، މިމަހުގެ 02 ވީ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރިން ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި ޑިންގީން ގެއްލުނު މީހާ އަދިވެސް ނުފެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް