ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 10:01
ސަފާރީގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަނީ
ސަފާރީގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަނީ
އެމްއެންޑީއެފް
އަލިފާން
އަލިފާން ރޯވި އޮސްޓްރޭލިއާގެ ސަފާރީ އަޑިއަށް ހިނގައްޖެ
 
އަލިފާން ނިއްވުމަށް ފޯމް ވެސް ބޭނުން ކުރި
 
އެއްވެސް މީހަކަށް ސީރިއެސް އަނިޔާއެއް ނުލިބޭ
 
މިސަފާރީގައި 3 މީހުން ތިބި

އަލިފާން ރޯވި އޮސްޓްރޭލިއާގެ ސަފާރީ އަޑިއަށް ހިނގައްޖެއެވެ.

މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އަށް ހޯމަ ދުވަހުގެ ފަތިހު 5:42 ހާއިރު ސަފާރީއެއްގައި ރޯވެ އަދަމުންދާކަމުގެ ރިޕޯޓު ލިބުމާއެކު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އަދި އަލިފާން ކޮންޓޯލް ކުރުމަށް އެމްއެންޑީއެފުން ފޯމް ވެސް ބޭނުން ކުރިއެވެ.

އެމްއެމްޑީއެފުން ބުނީ އަލިފާން ކޮންޓްރޯލް ނުކުރެވި، ހެނދުނު 9:32 ހާއިރު ވެރިޓާ ނަމަކަށް ކިޔާ އެސަފާރީ އަޑިއަށް ގޮސްފައިވާ ކަމަށެވެ.

ކ. ތުލުސްދޫ ކައިރީގައި އޮންނަ ކުޑަ ވިލިނިގިލި ފަޅުތެރޭގައި އޮތް މިސަފާރީގައި ރޯވި އިރު އޭގައި ތިބީ ތިން މީހުން ކަމަށާއި، އެމީހުން އެހެން އުޅަނދަކަށް އެވަގުތު ބަދަލުކުރި ކަމަށެވެ. އަދި އެމީހުން ތުލުސްދޫ ޞިއްޙީ މަރުކަޒަށް މިހާރު ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ރޯވެފައިވަނީ އެ ސަފާރީގެ ފަހަތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
67%
33%
0%
0%
0%
0%
ކޮމެންޓް