ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 11:44
ބަނދަރުގައި އަޅާފައި އޮތް އުޅަނދުފަހަރުތަކެއް
ބަނދަރުގައި އަޅާފައި އޮތް އުޅަނދުފަހަރުތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
މާލެސިޓީ ކައުންސިލް
މާލެސިޓީ ފަޅުގައި ބޭނުންނުކޮށް ހުރި އުޅަނދުފަހަރުތައް ނެގުމަށް އަންގައިފި
 
މުއްދަތުގައި ނުނަގާ އުޅަނދުފަހަރުތައް ކައުންސިލުން ނަގާނެ
 
މިހެން ހުންނަ އުޅަނދުފަހަރުގައި ކުށްތައްކުރުން އިތުރުވަމުންވޭ
 
މިމަހުގެ 15ގެ ކުރިން އުޅަނދުފަހަރުތައް ނަގަންޖެހޭ

ޤަވާއިދާއި ޚިލާފަށް މާލެއާއި ވިލިނގިލީގެ ފަޅުގެ އެކި ޞަރަޙައްދުތަކުގައި ދަތުރުނުކޮށް އަޅާފައި ހުންނަތާ ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރުތައް ނެގުމަށް އަންގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިހާރަކަށް އައިސް މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާ ބެހޭ ޤަވާއިދާއި އަދި ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާއި ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި ޚިލާފަށް، ސަލާމަތީ ސެޓްފިކެޓް ނެތި ރަޖިސްޓްރީ ނުކޮށް، އުޅަނދު ބަލަހައްޓާނެ ފަރާތެއް ނެތި، އެއްގޮތަކަށް ވެސް ދަތުރުނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ފަޅުތެރޭގެ އެކި ޞަރައްދުތަކުގައި އަޅާފައި ހުންނަ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ އުޅަނދުފަހަރާއި، ސާފުތާހިރުކަމުގެ ސެޓްފިކެޓާއި ދައުލަތުގެ ކަމާބަހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާއި ނުލާ މަސް ގެންގުޅޭ ފެކްޓްރީ ހަދައިގެން މަސްގެންގުޅުމާއި ވިއްކުމުގެ ޚިދުމަތް ދިނުމާއި، އައިސް ފޮށި ބަހައްޓައިގެން މަސް ގުދަނެއްގެ ގޮތުގައި ބޭނުންކުރާ އުޅަނދުފަހަރާއި އަދި ރަޖިސްޓްރީ ނަމްބަރ އެއްގޮތަކަށް ވެސް ނުޖަހާ ހުންނަ އުޅަނދުފަހަރު ގިނަވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

ފަޅުގެ ޤަވާއިދާ އެއްގޮތަށް ހުއްދަނަގައިގެން ފަޅުބޭނުންކުރާ ފަރާތްތަކަށް އެފަދަ އުޅަނދުފަހަރުގެ ސަބަބުން ވަރަށް ބޮޑަށް ދަތިވަމުންދާކަން ފާހަގަކުރައްވައި ސިޓީ ކައުންސިލުން ބުނީ ޒިންމާ ވާނޭ ފަރާތެއް ނެތި ފަޅުތެރޭގައި މިގޮތަށް އަޅާފައި ހުންނަ އުޅަނދުފަހަރުގައި ތަފާތު ކުށްތައްކުރުން އިތުރުވަމުން ދާކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން މިމަހުގެ 15 ގެ ނިޔަލަށް، އެފަދަ އުޅަނދުފަހަރުގެ ވެރިފަރާތްތަކުން އެ އުޅަނދުފަހަރު މާލެއާއި ވިލިނގިލީގެ ފަޅުން ނެންގުމަށްށާއި، މިތާރީޚުގެ ފަހުން ނުނަގާ ހުންނަ އެފަދަ އުޅަނދުފަހަރަކީ ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުތެރެއަށް ދޫކޮށްލާފައި ހުރި އުޅަނދުފަހަރުކަމަށް ބަލާނެ ކަމަށެވެ. އަދި މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާ ބެހޭ ޤަވާއިދާ އެއްގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ކައުންސިލް ގުޅިގެން އެއުޅަނދުތައް އެޞަރަޙައްދުން ނަގާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

ސިޓީ ކައުންސިލުން ބުނީ އެފަދަ އުޅަނދު ފަހަރު ބޭއްވުމަށް ކައުންސިލުން ކަނޑައަޅާ ތަނަކަށް ގެންދެވޭނެ ކަމަށެވެ. އަދި އުޅަނދު ނެގުމުގެ ތެރޭގައާއި، ނެގުމަށްފަހު އުޅަނދާއި އުޅަނދުގެ ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ކައުންސިލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
8%
83%
0%
0%
0%
8%
ކޮމެންޓް
6 ޖެނުއަރީ 2020 | ހޯމަ 12:11
ައަލީއަލީ
ކުރަންވެ ނުކުރެވި ގިނަދުވަސް ވެ ފައިވާ މުހިންމު ކަމެއް. ބަޔަކު ރުޅިއަޔަސް މާލެ ވަށައިގެންވާ ސަރަހައްދު ގޮނޑުވެ ހަޑިވާ އެއްސަބަބު.