ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 22:37
ޕީޕީއެމުން ބޭއްވި ޕްރެސްކޮންފަރެންސެއްގެ ތެރެއިން
ޕީޕީއެމުން ބޭއްވި ޕްރެސްކޮންފަރެންސެއްގެ ތެރެއިން
ރާއްޖެއެމްވީ
ޕީޕީއެމް
ޕީޕީއެމްގެ ޓިކެޓްގައި ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
 
ޕާޓީތަކުން ދަނީ ކެމްޕޭނު ކުރަމުން
 
ގިނަ އަދަދެއްގެ ފޯމް ލިބިފައިވޭ: ހީނާ
 
މުއްދަތު އިތުރު ކޮށްފައިވަނީ 13 އާ ހަމަޔަށް

މި އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި ވާދަކުރާ ފަރާތްތަކުގެ ފޯމް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޕީޕީއެމުން ބުނީ، ފޯމް ހުށައެޅުމުގެ މުއްދަތު މި ހިނގާ މަހުގެ 13 ވަނަ ދުވަހާ ހަމަޔަށް އިތުރުކޮށްފައިވާ ކަމަށެވެ.

ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، އެ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށް މިހާރުވެސް ގިނަ ފޯމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި މުއްދަތު އިތުރު ކޮށްފައިވަނީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން މުއްދަތު ހަމަވާން އޮތީ މި މަހުގެ ހަތަކަށެވެ. ޕީޕީއެމްގެ ފޯމުތައް އެ ޕާޓީގެ ވެބްސައިޓުންޑައުންލޯޑްކުރެވޭނެއެވެ.

ޕީޕީއެމުން ކައުންސިލް އިންތިހާބުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ޕާޓީތަކުން ކުރިމަތިލާ ކެނޑިޑޭޓުން ވަނީ މިހާރު ކެމްޕޭނުތައް ފަށާފައެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީން ވަނީ އެ ޕާޓީގެ ޓިކެޓުގައި ނިކުންނަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައެވެ. ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު ކައުންސިލް އިންތިހާބުގެ 33 އިންސައްތަ ގޮނޑި ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. އެއީ 384 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް