ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 18:15
އިސްލާމިކް މިނިސްޓަރ އަދި ނައިބު ރައީސް
އިސްލާމިކް މިނިސްޓަރ އަދި ނައިބު ރައީސް
ރައީސް އޮފީސް
ކައުންޓަރ ޓެރެރިޒަމް ސެންޓަރ
ރާއްޖެ ގެންނަ ޙާފިޡުންނަކީ ރަނގަަޅު ބައެއްތޯ ކަނޑައެޅުމަށް ސަބްކޮމިޓީއެއް އެކުލަވާލައިފި
 
ރާއްޖޭގައި ތިއްބެވި ޙާފިޡުންނަށް އިމާވުވެ ތަރާވީޙް ނަމާދު ކުރެވޭނެ ފުރުޞަތު އިތުރުކުރަން މަޝްވަރާކުރެވުނު
 
މިކަން ހަރުދަނާ ގޮތެއްގައި ކުރުމަށްޓަކައި ދައުލަތުގެ ކަމާބެގޭ މުއައްސަސާތަކުގެ މައްޗަށް އެކުލެވޭ ސަބް-ކޮމިޓީއެއް ވަނީ ކަނޑައެޅާފައި
 
ބައްދަލުވުމުގައި ޙާފިޡުން ގެނައުމަށްޓަކައި ދުރާލާ ތައްޔާރުވުމަށް މިހާރު ޢަމަލުކުރަމުންދާ އުޞޫލު ހަރުދަނާކުރުމަށް މަޝްވަރާކުރެވުނު

ރާއްޖެ ގެނެވޭ ޙާފިޡުންނަކީ، ކަމަށް އެކަށީގެންވާ، ރާއްޖޭގަ އޮންނަ ދީނީ އެއްބައިވަންތަ ކަމުގެ އުޞޫލުތަކަށް ތަބާވާ، ރަނގަޅު ބައެއްތޯ ދެނެގަތުމަށް ސަބްކޮމިޓީއެއް އެކުލަވާލާފިއެވެ.

އާދިއްތަ ދުވަހު ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީގެ ބައްދަލުވުމެއް މިނިސްޓްރީ އޮފް ޑިފެންސްގައި ބާއްވާފައިވާއިރު އެކަމާއި ބެހޭ މަޢުލޫމާތު މީޑިއާތަކަށް ހާމަކޮށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ނެރުނު ބަޔާނުގަ ބުނެފައިވަނީ ބައްދަލުވުމުގައި 1442 ވަނަ އަހަރުގެ ރަމަޟާން މަހަށް ރާއްޖެއިން ބޭރުން އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާނެ ޙާފިޡުން ގެނައުމަށްޓަކައި ދުރާލާ ތައްޔާރުވުމަށް މިހާރު ޢަމަލުކުރަމުންދާ އުޞޫލު ހަރުދަނާކުރުމަށް މަޝްވަރާކުރެވުނުކަމަށެވެ.

އެގޮތުން ގެނެވޭ ޙާފިޡުންނަކީ، ކަމަށް އެކަށީގެންވާ، ރާއްޖޭގަ އޮންނަ ދީނީ އެއްބައިވަންތަ ކަމުގެ އުޞޫލުތަކަށް ތަބާވާ، ރަނގަޅު ބައެއްތޯ ދެނެގަތުމާ ބެހޭގޮތުން މަޝްވަރާކުރެވުނުކަމަށާއި މިކަން ހަރުދަނާ ގޮތެއްގައި ކުރުމަށްޓަކައި ދައުލަތުގެ ކަމާބެގޭ މުއައްސަސާތަކުގެ މައްޗަށް އެކުލެވޭ ސަބް-ކޮމިޓީއެއް ކަނޑައެޅިފައިވާކަމަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވަނީ ބުނެފައެވެ.

އެކޮމިޓީގައި ހިމެނޭ މުއައްސަސާ ތަކުގެ ތެރޭގައި؛ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ހިމެނެއެވެ.

މިފަހަރު އެކުލަވާލެވޭ އުޞޫލުގައި ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކުރުމާއި ސިޓީ ކައުންސިލް ތަކާ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، ބޭރުން ގެނެވޭ ޙާފިޡުން ބެލެހެއްޓޭނެ ގޮތަކާމެދު މަޝްވަރާކުރެވުނު ކަން ފާހަގަކޮށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އިތުރަށް ބުނެފައިވަނީ ރާއްޖޭގައި ތިއްބެވި ޙާފިޡުންނަށް އިމާވުވެ ތަރާވީޙް ނަމާދު ކުރެވޭނެ ފުރުޞަތު އިތުރުކޮށް އެ ޙާފިޡުންގެ ބޭނުންކުރެވޭނެ ގޮތްތަކާމެދުވެސް މަޝްވަރާކުރެވުނުކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް