ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 18:17
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
އިލެކްޝަން ކޮމިޝަން
ފާއިތުވި ހަތަރު މަހު ޕީޕީއެމާއި ޕީއެންސީގެ މެމްބަރުންގެ އަދަދު ދަށަށް!
 
އެމްޑީޕީއަށް އިތުރުވީ 511 މެމްބަރުން
 
މެމްބަރުން އެންމެ ގިނަވެފައިވަނީ ޖޭޕީގައި
 
ޕީޕއެމުން މަދުވެފައިވަނީ 728 މެމްބަރުން

ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މެމްބަރުންގެ އަދަދު މަދުވެއްޖެކަން ހާމަވެއްޖެ އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) ގެ ދަފްތަރުގައިވާ ގޮތުން ހުސްވި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 30 ގެ ނިޔަލަށް ޕީޕީއެމްގެ މެމްބަރުންގެ އަދަދަކީ 36،801 އެވެ. އަދި ޕީޕިއެމްގެ ތެރެއިން އުފެދުނު ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 4،455 އެވެ. އާދިއްތަ ދުވަހު އީސީން ވަނީ ނިމިގެންދިޔަ ޑިސެމްބަރު މަހުގެ 31 ނިޔަލަށް ސިޔާސީ ޕާޓީތަކުގައި މެމްބަރުންގެ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ.

އެ ލިސްޓުގައިވާ ގޮތުން އަހަރު ނިމުނު އިރު ޕީޕީއެމްގެ މެމްބަރުންގެ އަދަދަކީ 36،073 އެވެ. އަދި ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ތިބީ 4221 އެވެ. މި އަދަދުތައް އަޅާކިޔާއިރު ފާއިތުވި ހަތަރު މަސް ތެރޭގައި ޕީޕިއެމުން 728 މެމްބަރުން ވަނީ މަދުވެފައެވެ. ޕީއެންސީން މަދުވެފައިވަނީ 234 އެކެވެ. އެކަމަކު އަދި ޕްރޮސެސް ނުކުރެވި ހުރި ޕީޕީއެމްގެ 232 ފޯމެއް އަދި އެބަހުރި ކަމަށް އީސީން ވަނީ ބުނެފައެވެ.

އީސީން ލިސްޓުގައިވާ ގޮތުން އަދިވެސް އެންމެ މެމްބަރުން ގިނައީ ސަރުކާރުގެ މައި ކޯލިޝަންގައި ހިމެނޭ އެމްޑީޕީގައެވެ. އެ ޕާޓީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 54،101 އެވެ. ވޭތުވެދިޔަ ހަތަރު މަހުގައި އެމްޑީޕީއަށް އިތުރުވެފައިވަނީ 511 މެމްބަރުންނެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނަ ޖޭޕީގައި ތިބީ 11،072 މެމްބަރުންނެވެ. ފާއިތުވި ހަތަރު މަހުގައި އެ ޕާޓީއަށް 914 މެމްބަރުން ވަނީ އިތުރުވެފައެވެ.

ނިމިގެން ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ހާ ހަމަޔަށް އަދާލަތު ޕާޓީގައި ތިބީ 6،789 މެމްބަރުންނެެވެ. އަލަށް އުފެއްދި އެމްއާރްއެމްގައި ތިބި މެމްބަރުންގެ އަދަދަކީ 2851 އެވެ. އަދި ލޭބަރ ޕާޓީގައި ތިބި މެމްބަރުންގެ އަދަދަކީ 2،977 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
67%
0%
33%
0%
0%
ކޮމެންޓް