ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 15:50
އެންވަޔަރަންމަންޓް މިނިސްޓަރ އާންމު ރައްޔިތަކާއި ބައްދަލުކުރައްވަނީ
އެންވަޔަރަންމަންޓް މިނިސްޓަރ އާންމު ރައްޔިތަކާއި ބައްދަލުކުރައްވަނީ
ޓްވިޓަރ
ތިމާވެށި
ތިމާވެށީގެ ޝަކުވާތަކައިގެން ދެ މީހަކު މިނިސްޓަރުގެ އަރިހަށް
 
މިނިސްޓަރ ނިންމަވާފައިވަނީ ކޮންމެ އާދީއްތަ ދުވަހެއްގެ ހެނދުނު 9:00 ން 10:00 ށް އެއްވެސް އެޕޮއިންޓްމަންޓަކާއި ނުލާ ޢާންމުންނަށް މިނިސްޓަރާއި ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް

މިއަހަރު ފެށުމާއެކު ތިމާވެއްޓާ ބެހޭ މައްސަލަތަކާއި ގުޅޭގޮތުން މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަނާއި ބައްދަލުކުރުމުގެ ފުރުޞަތު ހުޅުވާލުމާއެކު ފުރަތަމަ ދުވަހު ދެ މީހަކު މިނިސްޓަރާއި ބައްދަލުކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އާދީއްތަ ދުވަހު ދެ މީހަކު މިނިސްޓަރާއި ބައްދަލުކޮށް ތިމާވެއްޓާއި ގުޅޭގޮތުން އެމީހުންގެ ހުރި ކަންބޮޑުވުންތައް މިނިސްޓަރާއި ހިއްސާކޮށްފައިވާ ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓަރ ނިންމަވާފައިވަނީ ކޮންމެ އާދީއްތަ ދުވަހެއްގެ ހެނދުނު 9:00 ން 10:00 ށް އެއްވެސް އެޕޮއިންޓްމަންޓަކާއި ނުލާ ޢާންމުންނަށް މިނިސްޓަރާއި ބައްދަލުކުރުމުގެ ފުރުޞަތު ދިނުމަށެވެ.

ތިމާވެއްޓާއި ގުޅުންހުރި އެކި އެކި މައްސަލަތަކާއި ގުޅިގެން ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ މިނިސްޓަރާއި މިހާރުވެސް ބައްދަލު ކުރަމުންނެވެ. މީގެއިތުރުން ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މައްސަލަތަކާއި ގުޅިގެން ޢާންމު ރައްޔިތުން އަންނަނީ ސޯޝަލް މީޑިޔާގައި އެކިއެކި ޝުޢޫރުތައް ފާޅުކުރަމުންނެވެ.

ތިމާވެއްޓާ ގުޅުންހުރި އެކިއެކި މަޝްރޫޢުތައް ފެއްޓެވުމަށް މިނިސްޓަރ އެކި ރަށްރަށަށް ވަޑައިގަންނަވާއިރު، އެރަށްރަށުގެ ތިމާވެށީގެ ޙާލަތު އަންނަނީ ބައްލަވަމުންނެވެ. ތިމާވެއްޓާ ބެހޭ ވުޒާރާގެ ދަށުން ކުނި މެނޭޖު ކުރުމާއި، ފެނާއި ނަރުދަމާ، އިޔާދަ ކުރަނިވި ހަކަތަ މޫސުމަށް އަންނަ ބަދަލުތައް އަދި ރަށް ގިރުމާއި ގުޅުންހުރި ކަންކަން އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށްވެސް އެކިއެކި މަސައްކަތްތައް އެވުޒާރާއިން އަންނަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް