ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 15:05
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު
މުހައްމަދު ޝަރުހާން
އިލެކްޝަން ކޮމިޝަން
އިންތިޚާބުން ބަލިވާ ފަރާތުން ނަތީޖާ ޤަބޫލުނުކުރުމަކީ އުފެދިފައިވާ ޘަޤާފަތެއް: އީސީ ޝަރީފު
 
ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތް
 
އިންތިޚާބުގެ އެންމެހައި ކަމެއް ކުރިއަށް ގެންދަނީ ފާޅުކަން ބޮޑުގޮތެއްގައި
 
ކޮމިޝަނަށް ގިނަ ތުހުމަތުތަކެއް ކުރޭ

އިންތިޚާބަކުން ބަލިވާ ފަރާތުން އެ އިންތިޚާބެއް ޤަބޫލުނުކުރުމަކީ މިހާރު ރާއްޖޭގައި އުފެދިފައިވާ ޘަޤާފަތެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އެކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ އިންތިޚާބަކުން ބަލިވާ ފަރާތް އަބަދުވެސް އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރާ ކަމަށާއި، މިއީ މިހާރު ރާއްޖޭގެ އިތުރުން އޭޝިޔާގެ ގިނަ ޤައުމުތަކުގައި އުފެދިފައިވާ ޘަޤާފެއް ކަމަށެވެ.

އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި، 2018 ވަނަ ބޭއްވިގެން ދިޔަ ރިޔާސީ އިންތިޚާބުގަ ބަލިވި ފަރާތްތަކުން ނަތީޖާ ޤަބޫލުނުކޮށް ގިނަ ތުހުމަތުތަކެއް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

2018 ވަނަ އަހަރު ބޭއްވި ދިޔަ ރިޔާސީ އިންތިޚާބަށް އަލިއަޅުއްވާލައްވާ ޝަރީފް ވިދާޅުވީ ރިޔާސީ އެ އިންތިޚާބަކީ ރާއްޖޭގައި ތާރީޚުގަ ބޭއްވުނު އިންތިޚާބުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އިންތިޚާބު ކަމަށެވެ. ބައިނަލްއަޤުވާމީ ގިނަ ޤއުމުތަކުންނާއި، ދުނިޔޭގެ ބޮޑެތި ބާރުތަކުން މިއިންތިޚާބު ހިނގަމުންދިޔަ ގޮތް ބަލަމުންދިޔަ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ދުނިޔޭގެ ބޮޑެތި އިންތިޚާބުތައް އޮބްޒަރވްކުރާ ފަރާތްތަކުން އޮބްޒަރވް ކުރި އިންތިޚާބެއް ކަމަށާއި، ރާއްޖޭގެ ތާރީޚުގަ ދުވަހަކު ވެސް އިންތިޚާބު އޮބްޒަރވް ނުކުރާ ވަރަށް ލޯކަލް އޮބްޒަރވަރުން އޮބްޒަރވް ކުރި އިންތިޚާބެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ގިނަ ބައެއްގެ ލޯކުރިމަތީގައި ހިނގާ ދިޔަ އެ އިންތިޚާބުން ބޮޑުތަނުން ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިވަޑައިގެންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި، އެމަނިކުފާނަށް ތާޢީދުކުރާ ފަރާތްތަކުން އަދިވެސް އިންތިޚާބާ މެދު ސުވާލު އުފައްދާ ކަމަށާއި، ނަމަވެސް އެއްވެސް ސުވާލު އުފެއްދޭނެ ޖާގައެއް އެއިންތިޚާބުގަ ނެތް ކަމަށެވެ.

ޔާމިން ވެސް އެކަހަލަ ވާހަކަތަކެއް. ޔާމީނަށް ސަޕޯޓު ކުރާ ފަރާތްތަކުން ވެސް އެކަހަލަ ވާހަކަތަކެއް މިދައްކަވަނީ. އެހެންނަމަވެސް ހަގީގަތަކީ މިހާރު ރިޔާސީ އިންތިޚާބު ނިމިއްޖެ. ނަތީޖާގެ މައްޗަށް ބިމާވެ އައު ސަރުކާރެއް އުފެދި، ސަރުކާރަށް އެއްއަހަރު ވެ ދެވަނަ އަހަރު ހިނގަމުން މިދަނީ. އެއިންތިޚާބުގެ ނަތީޖާއަށް ބިނާވެގެންދެން އައު ސަރުކާރެއް އުފެދިގެން ނުދާނެ. އިންތިޚާބުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ މިހާރު.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

ޝަރީފް ވިދާޅުވީ އިންތިޚާބުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިޔައީ ފާޅުކަން ބޮޑުގޮތެއްގައި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

ވޯޓު ކަރުދާސް ނައްތާލުމާ ގުޅިގެން ސަރުކާރާ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވާ ޝަރީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ނައްތާލާފައިވަނީ "ޤާނޫނުގެ ބޭރަކުން ނޫން ކަމަށާއި، ޤާނޫނާ ޚިލާފަށް ނޫން" ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް