ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 14:18
ލޮނުޒިޔާރަތްކޮޅުގައި ތަރައްޤީ ކުރަމުންދާ ޕާކު
ލޮނުޒިޔާރަތްކޮޅުގައި ތަރައްޤީ ކުރަމުންދާ ޕާކު
ޔޫސުފް ސޮފްވާން ރަޝީދު
މާލެ ސިޓީ ކައުންސިލް
ލޮނުޒިޔާރަތްކޮޅުގަ ތަރައްޤީ ކުރަމުންދާ ޕާކު ހުޅުވޭނެ ތާރީޚެއް އަދި ނޭނގޭ: ސިޓީ ކައުންސިލް
 
ޕާކު ހުޅުވުން ލަސްވަނީ އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން
 
މިހާރު ކުރަމުންދަނީ އެންމެ ފަހުގެ މަސައްކަތްތައް
 
90 އިންސައްތަ މަސައްކަތް ނިމިފައި

ލޮނުޒިޔާރަތްކޮޅުގައި ތަރައްޤީ ކުރަމުންދާ ޕާކު ހުޅުވޭނެ ތާރީޚެއް ނޭނގޭ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ޕާކާއި ބެހޭ މައޫލޫމާތު ޙިއްސާ ކުރައްވަމުން މާލެ ސިޓީ ކައުންސިލްގެ މެންބަރު ސަމާއު ޝަރީފް ވިދާޅުވީ ލޮނުޒިޔާރަތްކޮޅުގަ ތަރައްޤީ ކުރަމުންދާ ޕާކު ހުޅުވޭނެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، ކުރިމަތިވި ބައެއް މައްސަލަތަކުގެ ސަބަބުން ކުރިން ރޭވިގޮތައް މަސައްކަތްތައް ކުރިއަށް ނުގެންދެވުނުކަމަށެވެ. އެހެން ނަމަވެސް އައު އަހަރުގެ ޗުއްޓީއަށް ފަހު މިހާރު މަސައްކަތްތައް ފަށައިގެން ކުރިޔަށްދާ ކަމަށް ސަމާއު ވިދާޅުވިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ޢާންމުންގެ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައަށް އަލިއަޅުއްވާލައްވާ ސަމާއު ވިދާޅުވީ މައްސަލަ ދިމާވީ ޕާކުގަ ޤާއިމުކުރި 12 ފާޚަނާގެ މައްސަލައެއް ކަމަށެވެ. އެ މައްސަލައާ ގުޅިގެން އޭސީސީން އަދި ވަކި އެއްޗެއް އަންގާފައިނުވާ ކަމަށްވެސް ސަމާއު ވިދާޅުވިއެވެ. މީގެ އިތުރުން ވާރޭވެހުމުގެ ސަބަބުންނާއި، ތަފާތު އެކި މައްސަލަތައް ކުރިމަތިވެގެން މަސައްކަތްތައް ކަނޑައެޅި ތާރީޚަށް ނިންމާ ނުލެވުނުކަން ސަމާއު ފާހަގަކުރެއްވިއެވެ.

ސަމާއު ވިދާޅުވީ މިހާރު ކުރިއަށްދަނީ ޕާކު ނިންމާ ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. ނަމަވެސް ޕާކު ޢާންމުންނަށް ހުޅުވާލެވޭނެ ތާރީޚެއް ކަނޑައެޅިގެން އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ލޮނުޒިޔާރަތްކޮޅު ޕާކުގެ މައްސަލާގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދު މީގެ ކުރިން ވިދާޅުވެފައިވަނީ، ސިޓީ ކައުންސިލަށް ކުރަމުންދާ ތުހުމަތުތަކަކީ ދޮގެއް ކަމަށާއި، ދައުލަތުގެ މާލިއްޔާތުން ސިޓީ ކައުންސިލަށް ޚަރަދު ކުރުމަށް ދީފައިވާ ފައިސާއިން ޤާނޫނުތަކާއި، ޤަވާއިދާ ޚިލާފަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށެވެ.

ޢާންމު ފަރާތްތަކާއި، ދައުލަތުގެ ކުންފުނިތަކުގެ އެހީއާއެކު އެޕާކު ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، ހިލޭ އެހީގެ ގޮތުގައި ދީފައިވާ ފައިސާ ޚަރަދުކުރާ ގޮތުގެ ތަފުޞީލު ފިނޭންސް މިނިސްޓްރީއަށް ޤަވާއިދުން ފޮނުވަމުންދާ ކަމަށް ޝިފާ ވިދާޅުވެފައިވެއެވެ.

ލޮނުޒިޔާރަތްކޮޅުގަ ތަރައްޤީ ކުރަމުންދާ ޕާކު ހުޅުވޭނެ ތާރީޚެއް ނޭނގޭ ކަމަށް ކައުންސިލުން ބުނެފައިވާއިރު، އެންމެ ފުރަތަމަ މިޕާކު ހުޅުވުމަށް މަސައްކަތް ކުރީ މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އަދި އޭގެފަހުން އައު އަހަރާ ދިމާކޮށް ހުޅުވާނެކަމުގެ އިޝާރާތެއް ވެސް ކައުންސިލުން ދިނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
20%
0%
80%
0%
0%
ކޮމެންޓް
5 ޖެނުއަރީ 2020 | އާދީއްތަ 18:48
މަކާކް
ތިޕާކްތެރޭ ގައި އެހުއްނަ ކެފޭ ބަންދުކޮއްބަލަ. މިހާރު އެދިމާލުން ވިއުބޮލޮކްވެފައި ހުއްނާތީވަރަށް ހަޑި.