ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 13:47
ކުޅުދުއްފުށި ސިޓީ - އިންތިޚާބީ ދާއިރާތަކާއި އަންހެން މެމްބަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑައެޅުމަށް އީސީން އަންނަނީ ތައްޔާރުވަމުން
ކުޅުދުއްފުށި ސިޓީ - އިންތިޚާބީ ދާއިރާތަކާއި އަންހެން މެމްބަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑައެޅުމަށް އީސީން އަންނަނީ ތައްޔާރުވަމުން
ޓްވިޓަރ
ކުޅުދުއްފުށި
ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުން އަންނަ ހަފުތާގައި
 
ކުޅުދުއްފުށީ ސިޓީގައި ހަ ދާއިރާއެއް ހިމެނޭ
 
މިކަންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތު ނެގުން އަންނަ ހަފްތާ ބަންދުގައި ކުޅުދުއްފުށި ސިޓީގައި އޮންނާނެ

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމާއި ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް އިޢުލާނުކުރުމާއި، އަންހެން މެންބަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑައެޅުން އަންނަ ހަފުތާގައި އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ބުނެފިއެވެ.

އީސީން ކޮށްފައިވާ ޓްވީޓެއްގަ ބުނެފައިވަނީ މިކަންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތު ނެގުން އަންނަ ހަފުތާ ބަންދުގައި ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު އަކްރަމް ރާއްޖެ އެމްވީ އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިހަފުތާ ނިމޭ ހިސާބުގައި ކޮމިޝަނުން ކުޅުދުއްފުށީ ސިޓީއަށް ދާނެކަމަށާއި އެއަށްފަހު ގުރުއަތު ނެގުމާއި ގުޅޭކަންކަން ކުރިޔަށް ގެންދާނެ ކަމަށެވެ.

ކުޅުދުއްފުށީ ސިޓީގައި ހަ ދާއިރާއެއް ހިމެނެއެވެ.

ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވާފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދުފުޅަކަށްވާއިރު، އާބާދީގައި 10،000 މީހުން ހަމަވެއްޖެނަމަ އެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވިގެންދާނެކަމަށް ޤާނޫނުގަ ބަޔާންކޮށްފައިވެއެވެ.

ރައީސް ޞާލިޙުގެ އެނިންމުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާ ގުޅިގެން، ޤާނޫނުގައިވާ ގޮތުގެ މަތިން ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިޚާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް