ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 13:18
ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ އަޑުއެހުމެއް ފެށުމުގެ ކުރިން ސެކްޝަނުގެ އިދާރީ މުވައްޒަފުން ވާންޖެހޭ ތައްޔާރީތައް ވަމުންދަނީ
ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ އަޑުއެހުމެއް ފެށުމުގެ ކުރިން ސެކްޝަނުގެ އިދާރީ މުވައްޒަފުން ވާންޖެހޭ ތައްޔާރީތައް ވަމުންދަނީ
ރާއްޖެ އެމްވީ
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓުގެ ޝަރީއަތްކުރާ ސެކްޝަންތަކަށް ދީފައިވާ އަކުރުތައް ބަދަލުކޮށްފި
 
މައްސަލަތައް އެކަށީގެންވާ މުއްދަތެއްގައި ނިންމުމާއި ހިންގުން ހަރުދަނާ ކުރުމަށް ދަނީ މަސައްކަތް ކުރަމުން
 
ކްރިމިނަލް ކޯޓުގައި މިހާރު ވެސް 1661 މައްސަލަ އެބައޮތް

ކްރިމިނަލް ކޯޓުގެ ޝަރީޢަތްކުރާ ސެކްޝަންތަކަށް ދީފައިވާ އަކުރުތައް ދެވިފައިވަނީ ވަކި ތަރުތީބެއް ނެތި ކަމަށްވާތީ، ސެކްޝަންތަކަށް ދީފައިވާ އަކުރުތައް ބަދަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ، އެހެން ކޯޓުތަކުގައި ވެސް އެކަން އޮންނަ ގޮތަށް ސެކްޝަންތަކަށް ދީފައިވާ އަކުރުތައް ބަދަލު ކުރަން ނިންމީ އެކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުން ކަމަށެވެ.

އެގޮތުން ކްރިމިނަލް ކޯޓުން ބުނީ، ގިނަ ކޯޓުތަކުގައި އިދާރީ ސެކްޝަނަށް ދީފައިވަނީ "A" ކަމަށާއި ޝަރީޢަތްކުރާ ސެކްޝަނަށް ދީފައިވަނީ "B" ކަމަށެވެ. އަދި ފައިސާއާ ބެހޭ ސެކްޝަނަށް ދީފައިވަނީ "C" ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ޝަރީޢަތް ކުރާ "B" ސެކްޝަނުގެ ޤާޟީން ނަންފުޅުތަކާއި އެ ބޭފުޅުންގެ ސެކްޝަން ނަމްބަރު:

މި ފެށުނުު 2020 އަހަރާއެކުވެސް ކްރިމިނަލް ކޯޓަށް ހުށަހެޅި ކުރިޔަށްދާ 1661 މައްސަލަ އެބައޮތެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ. ކްރިމިނަލް ކޯޓުން ވެސް ގެންދަނީ ޖުޑީޝަރީއަށް ގެންނަމުންދާ އިޞްލާޙާއެކު، ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި، އެކަށީގެންވާ މުއްދަތެއްގައި މައްސަލަތައް ނިންމުމަށް ބާރުއަޅުމުން ނެވެ. އަދި ކޯޓުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަންވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ކުރަމުން ނެވެ.

މިވަގުތު ކްރިމިނަލް ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވީ، ޤާޟީ އަލީ ރަޝީދު ހުސައިން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް