ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 13:20
ނަސްރުﷲ މަސްބާނަން ނިކުތް ޑިންގީ
ނަސްރުﷲ މަސްބާނަން ނިކުތް ޑިންގީ
އެމްއެންޑީއެފް
އެމްއެންޑީއެފް
ގެއްލުނު މީހާ ހޯދުމަށް މިއަދުވެސް ސީޖީ ޑައިވަރުންގެ ޓީމެއް ހަރަކާތްތެރިވަނީ
 
ނަސްރުﷲ ހޯދުމަށް އެމްއެންޑީއެފުން ކުރިޔަށް ގެންދާ އޮޕަރޭޝަން ހުއްޓާނުލާ ދަނީ ކުރިޔަށް
 
މިހާތަނަށް އާއިރު ނަސްރުﷲ ވެސް އަދި އޭނާ ހުރި ޑިންގީވެސް ފެނިފައެއް ނުވޭ

ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރިން ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި ޑިންގީން ގެއްލުނު މީހާ ހޯދުމަށް މިއަދުވެސް ކޯސްޓުގާޑު ޑައިވަރުންގެ ޓީމެއް ޙަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ޑިންގީއެއްގައި ކަނޑުމައްޗަށް ނިކުމެގެން އުޅެނިކޮށް ގެއްލުނު ބ. އޭދަފުއްޓަށް ނިޞްބަތްވާ އުމުރުން 41 އަހަރުގެ ނަޞްރުﷲ ޢަބްދުﷲ ހޯދުމަށް އެމްއެންޑީއެފުން ހިންގަމުންދާ އޮޕަރޭޝަން މިއަދުވެސް ކުރިޔަށްދާއިރު އެ ޑިންގީވެސް މިހާތަނަށް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފް އިން ބުނީ ސީޖީ ޑައިވަރުންގެ ޓީމެއް ޑައިވް ކުރަމުންދާ ކަމަށާއި އިތުރަށް ކަނޑުގެ ސަރފޭސް ބަލަމުންދާ ކަމަށެވެ.

ނަޞްރުﷲ ގެއްލިފައިވަނީ ބ. ދޮންފަނު ކައިރިއަށް މަސް ބާނަން ނިކުމެ އުޅެނިކޮށް އޭނާ ހުރި ޑިންގީ، ލޯންޗަކާއި ޖެހި ހިނގި އެކްސިޑެންޓެއްގައެވެ.

އެ ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ، ބުރާސްފަތި ދުވަހުގެރޭ 19:06 ހާއިރުއެވެ. ރިޕޯޓް ލިބުނު ހިސާބުން ފެށިގެން ކޯސްޓްގާޑުން ދަނީ އެކި ވަޞީލަތްތައް ބޭނުންކޮށްގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓަގާޑުގެ ނަންބަރު 191 އަށް ގުޅާ އެ މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް