ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 07:57
ކޯސްޓްގާޑްގެ އެކޮމޮޑާންޓް މުހައްމަދު ސަލީމް
ކޯސްޓްގާޑްގެ އެކޮމޮޑާންޓް މުހައްމަދު ސަލީމް
އެމްއެންޑީއެފް
ފަލަ ސުރުހީ
އުޅަނދުތަކުގެ މައުލޫމާތު ހާމަކުުރުމަކީ ނުރައްކަލެއް ކަމަކަށް ނުދެކެން: ކޯސްޓްގާޑް
 
އުޅަނދުތައް ބެލެހެއްޓުމަކީ ހަރަދު ބޮޑު ކަމެއް
 
އުޅަނދުތައް މަރާމަތު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުން: ސަލީމް
 
އުޅަނދު ތަކުގެ މައުލޫމާތު ހާމަކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައި

ކޯސްޓުގާޑުގަ ގެންގުޅޭ އުޅަނދުތަކުގެ މަޢުލޫމާތު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާާއި، އެ މަޢުލޫމާތުތައް ހާމަކުރުމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނުދެކޭ ކަމަށް ކޯސްޓްގާޑުން ބުނެފިއެވެ.

ކޯސްޓްގާޑުގައި މިހާރު ބޭނުންކުރާ ބައެއް އުޅަނދުތަކަކީ ހަލާކުވެފައިވާ އުޅަނދުތަކެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވަނީ ކޯސްޓްގާޑަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވެވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައެވެ.

މާރިޔާގެ ވާހަކަތަކާއި ގުޅުވައިގެން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ، ކޯސްޓްގާޑު އަދި ފުލުހުންގެ ވަޞީލަތްތައް ހަލާކުވެފައިވާކަން ޢާންމުކުރުމަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.

އެކަމާއި ގުޅޭ ގޮތުން ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގުރާމުގަ ވާހަކަ ދައްކަވަމުން ކޯސްޓްގާޑުގެ ކޮމޮޑާންޓް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ، ކޯސްޓްގާޑުގެ އުޅަނދެއް ހަލާކުވެފައިވާނަމަ އެކަން ކަމާއިބެހޭ ފަރާތްތަކަށް އެނގޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތްދޭ އުޅަނދުތަކެއް ނުހެދި އޮންނަ ކަމަށްވާނަމަ އެކަން ރައްޔިތުންނަށް އެނގޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ބައެއް އުޅަނދު ފަހަރުތައް ނުދުއްވާ އޮންނަކަން އަޅުގަނޑަށް ހީވަނީ އެންމެންނަށް ވެސް އެނގޭނެހެން. ވަރަށް ބޮޑަށް ޕަބްލިކް ސެކްޓަރ އާއި ގުޅިގެން އަޅުގަނޑުމެންގެ އުޅަނދު ފަހަރު މަރާމަތާއި ކަންތައްތަކަށް މި ދަނީ... އެއަކީ އަޅުގަނޑަށް ހީއެއް ނުވޭ ނެޝަނަލް ސެކިއުރިޓީއެއްްގެ ގޮތުގައި. ފާހަގަ ނުކުރެވޭ
ކޯސްޓްގާޑްގެ އެކޮމޮޑާންޓް ~ މުހައްމަދު ސަލީމް ~

ސަލީމް ވިދާޅުވީ، ސީދާ ސްޕެސިފިކް މަޢުލޫމާތު ޙިއްސާ ނުކުރާނަމަ އެއީ މައްސަލައެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ސަލީމް ވަނީ ހަލާކުވެފައިވާ އުޅަނދު ތަކުގެ ތަފުޞީލުތައް ހިއްސާކޮށްފައެވެ. އޭނާ ވިދާޅުވީ، ކަނޑުމަތީގެ އުޅަނދު ފަހަރުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ޚަރަދުތަކެއް ހިނގާ ކަމެއް ކަމަށާއި، އޮޕަރޭޝަން ތަކުގައި އުޅަނދުތައް ބޭނުންކުރާ ވަރަަކަށް އެ އުޅަނދުތައް ހަލާކުވަމުންދާ ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހަލާކުވެފަ ހުރި ބައެއް އުޅަނދު ފަހަރުތައް މަރާމާތު ކުރެވިފައިނުވާކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، ބޮޑެތި އުޅަނދުތައް މަރާމާތު ކޮށްގެން ކަނޑަށް ނެރުމުގެ މަސައްކަތް ސަރުކާރުން އިސްކަމެއްދީގެން ކުރަމުން އަންނަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
25%
0%
75%
0%
0%
ކޮމެންޓް
ގުޅުންހުރި
ރާއްޖޭގައި މަދަނީން ބައިތިއްބަން ނިންމީ އިންޑިޔާ ސަރުކާރުންތޯ ރާއްޖޭގެ ސަރުކާރުންތޯ ކުރި ސުވާލަށް ޖަވާބެއް ނެތް
ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
ރާއްޖޭގެ އަސްކަރިއްޔާގައި ޑޯނިއަރ އަދި ހެލިކަޕްޓަރު ދުއްވޭ ފެންވަރުގެ ޤާބިލު ސިފައިންނެއް ނެތް: ސަރުކާރު
ސެނަހިޔާގައި މަސައްކަތްކުރާ އިންޑިއާގެ ޑޮކްޓަރުން ތިބޭނެ، ފޮނުވާލީ 76 ސިފައިން: ސަރުކާރު
މަދަނީންގެ ގޮތުގައި އައީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން: ސަރުކާރު
ފަލަސްތީނަށް މިނިވަންކަން ނުދޭން އެމެރިކާ އާއި އިޒްރޭލުން ކުރާ މަސައްކަތުގައި އެ ދެގައުމު ދުނިޔޭގެ ކުރިމަތީގައި ބާކީވެ އެކަހެރިވަނީ
ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ