ކ. މާލެ
|
3 ޖެނުއަރީ 2020 | ހުކުރު 17:06
މާލެ ސިޓީ މޭޔަރ ޝިފާ މުހައްމަދު
މާލެ ސިޓީ މޭޔަރ ޝިފާ މުހައްމަދު
ޝުއައިބް މުހައްމަދު އިގްބާލް
މާލެ ސިޓީ
މިހުރީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގެ އަޒުމުގައި، މޭޔަރުކަމަށް ކުރިމަތިލާނަން: ޝިފާ
 
މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ޝަމާއު ޝަރީފުވެސް ވަނީ ނިންމަވާފައި
 
ޝިފާ ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލާނެ ކަަމަށް މީގެ 3 މަސްކުރިން ވިދާޅުވެފައިވާނެ ކަމަށް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރ ކަމުގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް މިހާރުވެސް މާލޭގެ މޭޔަރަކަށް ހުންނެވި ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލާނެ ކަަމަށް މީގެ ތިން މަސްކުރިން ވިދާޅުވެފައިވާނެ ކަމަށެވެ. އަދި މާލެ ސިޓީގެ ރައްޔިތުންނަށް އިޚުލާސްތެރިކަމާއެކު ޚިދުމަތްކޮށްދިނުމުގެ އަޒުމުގައި ހުންނެވި ކަމަށް ވިދާޅުވެފައިވެއެވެ.

މި ހިނގަމުންދަ ދައުރުގައި މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވީ ޝިފާއެވެ. އޭނާ ވަނީ އޭގެކުރީގެ ދައުރުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުކަންވެސް ކުރައްވާފަ އެވެ. ނަމަވެސް މިފަހުން ޝިފާއަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލަށް މާލޭގެ ގިނަ މައްސަލަތަކެއް ހައްލުނުކުރެވި ދިގުލައިގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ޝިފާ އަށާއި ސިޓީ ކައުންސިލަށް އަމާޒުވެފައެވެ. އަނެއްކޮޅުން ސިޓީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތައް އުފެދި ސިޓީ ކައުންސިލްގެ މެމްބަރުން ގެންދަވަނީ ޝިފާއަށް ތުހުމަތުތައް ކުރައްވަމުންނެވެ.

ޝިފާ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ނިންމަވާ އެކަން އިއުލާނު ކުރައްވާފައިވާއިރު މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް މިހާރު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ޝަމާއު ޝަރީފު ވަނީ ނިންމަވާފައެވެ. މޭޔަރުގެ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާ ޝަމާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރަން ނިންމީ އެމްޑީޕީގެ އިސްވެރިންނާއި ބައެއް އާއްމުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންނާއި އާއްމުންގެ ތާއީދު ލިބޭނެ ކަމާއި މެދު ޔަގީންކަން އެބައޮތް ކަމަށްވެސް ޝަމާއު ވަނީ ވިދާޅުވެފައެވެ.

ޝަމާއު މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލުމަށް ނިންމެވިއިރު އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް، އަފްޝަން ލަތީފް ވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމެވި ނިންމެވުން އަނބުރާ ގެންދަވާފައެވެ. މިކަމާއި ގުޅިގެން އަފްޝަން ކުރެއްވި ޓްވީޓެއްގައި ވަނީ މާލޭ މޭޔަރުކަމަށް ވާދަނުކުރައްވަން ނިންމެވީ ކުއްލިއަކަށް ކުރިމަތިވި އާއިލީ ޒިންމާތަކެއްގެ ސަބަބުން ކަމަށާއި މިގޮތަށް ނިންމެވީ ބަރު ހިތަކާ އެކު ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކުރިމަތިލާ ފަރާތްތައް ހޮވުމަށްޓަކައި އެޕާޓީގެ ޕްރައިމަރީ މިޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް
3 ޖެނުއަރީ 2020 | ހުކުރު 17:13
ތިމަންނަ
ރައްޔަތުންނަށް އިޚްލާސްތެރި ހިތަކާއެކު ހެޔޮއެދޭނަމަ ގޭގައި މަޑުކޮށްލަ ދެއްވާ