ކ. މާލެ
|
3 ޖެނުއަރީ 2020 | ހުކުރު 17:15
ނަސްރު މަސްބާނަން ނިކުތް ޑިންގީ
ނަސްރު މަސްބާނަން ނިކުތް ޑިންގީ
އެމްއެންޑީއެފް
އެމްއެންޑީއެފް
ނަސްރު ފެންނާނެކަމުގެ އުއްމީދު އެބައޮތް: ކޯސްޓްގާޑް
 
ގެއްލުނީ ބުރާސްފަތި ދުވަހުގެރޭ
 
ނަސްރު ހޯދުމުގެ މަސައްކަތް ވައިގެމަގުންވެސް ކުރަމުންދޭ
 
ސީދާ ގެއްލުނު ސަރަހައްދެއް ނޭގެ: ކޯސްޓްގާޑް

ޑިންގީއެއްގައި ކަނޑުމައްޗަށް ނިކުމެގެން އުޅެނިކޮށް ގެއްލުނު ބ. އޭދަފުއްޓަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ ހޯދުމަށް އެމްއެންޑީއެފުން ހިންގަމުންދާ އޮޕަރޭޝަން ނިމޭއިރު އޭނާ ފެންނާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ކޯސްޓުގާޑުން ބުނެފިއެވެ.

ނަސްރުﷲ ގެއްލިފައިވަނީ ބ. ދޮންފަނު ކައިރިއަށް މަސްބާނަން ނިކުމެ އުޅެނިކޮށް އޭނާ ހުރި ޑިންގީ، ލޯންޗަކާއި ޖެހި ހިނގި އެކްސިޑެންޓެއްގައެވެ.

އެ ހާދިސާ ހިނގިއިރު ޑިންގީގައި އިތުުރު ދެމީހަކު ތިއްބެވެ. އެކަމަކު އެ ދެމީހުން ވަނީ ސަލާމަތްވެފައެވެ. އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ، ބުރާސްފަތި ދުވަހުގެރޭ 19:06 ހާއިރުއެވެ. ރިޕޯޓް ލިބުނު ހިސާބުން ފެށިގެން ކޯސްޓްގާޑުން ދަނީ އެކި ވަސީލަތްތައް ބޭނުންކޮށްގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ނަސްރު ހޯދުމަށް ކުރިޔަށްގެންދާ އޮޕަރޭޝަންގެ ފަހުގެ މައުލޫމާތުދިނުމަށް ހުކުރު ދުވަހު ބަންޑާރަ ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ލެފްޓިނަންޓް ކާނަލް އަހުމަދު މުޖުތަބާ މުހައްމަދު ވިދާޅުވީ، ބޮޑަށް ލަފާކުރެވޭ ގޮތުން އެ އެކްސިޑެންޓް ހިނގާފައިވަނީ ބ.ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަނގަފަރު ކިޔާ ފަރުކައިރިން ކަމަށެެވެ. އެކަމަކު ސީދާ ''ޕިންޕޮއިންޓްކޮށް" ލޮކޭޝަން ނޭނގޭތީވެ ހޯދުމުގެ އޮޕަރޭޝަން ''ކޮމްޕްލިކޭޓް'' ވެފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކަނޑު އަޑިންނާއި ކަނޑު މަތިންނާއި، ވައިގެ މަގުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި އޮޕަރޭޝަންގައި ކޯސްޓްގާޑް އާއި ފުލުހުންނާއި، އެ ސަރަހައްދުގެ ރިސޯޓުތަކުގެ ޑައިވަރުންގެ އިތުރުން އުޅަނދުފަހަރުތައް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އޭގެއިތުރުން ކޯސްޓްގާޑް ޝިޕް ޝަހީދު އަލީއާ، ފާސްޓް އިންޓަސެޕްޓާ ކްރާފްޓާއި، އަދި ހާބަރ ކްރާފްޓް ވެސް ދަނީ މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ވައިގެ ސަރަހައްދުން ނަސްރު ހޯދުމަށްކުރާ މަސައްކަތާއި ބެހޭގޮތުން މުޖުތަބާ ވިދާޅުވީ، ވައިގެ ސަރަހައްދުން ތިންބައިކުޅަ ދެބައި ސަރަހައްދެއް ބަލާނެ ކަމަށެވެ.

ވައިގެ ސަރަހައްދުން ބޮޑަށް މި ބަލަނީ މީހާ ސަރފޭސްގައި ފްލޯޓް ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެންނަށް އެ ފެންނާނެ. ނޫނީ ވިލެއް ކަހަލަ ތަނެއްގައި އަދި އަޑީގައި އޮތް ކަމުގައި ވިޔަސް ވައިގެ މަގުން ބަލައިގެން ފަސޭހައިން ފެންނާނެތީ. ގާތްގަޑަކަށް ވައިގެ މަގުން އަޅުގަނޑުމެން 120 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާގޮތަށް ހަމަޖެހިފައިވޭ.
ލެފްޓިނަންޓް ކާނަލް އަހުމަދު މުޖުތަބާ މުހައްމަދު

އޭނާ ވިދާޅުވީ، އެކްސިޑެންޓް ހިނގުމާއި ގުޅިގެން ޑިންގީ އަޑިއަށް ދިޔަކަމަށާއި، އަދި މިހާތަނަށް ޑިންގީވެސް ނުފެންނަ ކަމަށެވެ. ކޯސްޓްގާޑުގެ އުއްމީދަކީ ޑައިވްތައް ނިމޭއިރު އޭނާ ފެނުމެވެ.

ކޯސްޓްގާޑުން ބޭއްވި ޕްރެސްގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް

ކުދި ޑިންގީތަކުގައި ކަނޑުގައި މަސްވެރިކަން ކުރާއިރު ވަށައިގެން އައްޔެއް ބޭނުން ކުރުމާއި، ލައިފް ޖެކެޓް އެޅުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
10%
7%
78%
2%
0%
2%
ކޮމެންޓް