ކ. މާލެ
|
3 ޖެނުއަރީ 2020 | ހުކުރު 15:43
އެޓަރނީ ޖެނެރަލް އޮފީސް
އެޓަރނީ ޖެނެރަލް އޮފީސް
އޭޖީ އޮފީސް
އެޖީ އޮފީސް
2019 ވަނަ އަހަރު އޭޖީ އޮފީހުން 1003 މައްސަލައަކަށް ލަފާދީފައިވޭ
 
އެއްބަސްވުންތަކާ ގުޅޭ 354 މައްސަލައަކަށް ލަފާ ދީފައިވޭ
 
ބިލު ތަޞްދީގު ކުރުމާ ގުޅޭ 27 މައްސަލައަކަށް ލަފާދީފައިވޭ
 
އެ އޮފީހަށް 1082 ކަމެއްގައި ގާނޫނީ ލަފަޔަށް އެދި ފޮނުވާފައިވޭ

2019 ވަނަ އަހަރު ދައުލަތުގެ މުއައްސަސާތަކަށް 1003 ކަމަކާގުޅޭ ގޮތުން ޤާނޫނީ ލަފާ ދީފައިވާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާލާއިރު 2019 ވަނަ އަހަރު ދައުލަތުގެ އޮފީހަށް 1082 ކަމެއްގައި ގާނޫނީ ލަފަޔަށް އެދި ފޮނުވާފައިވެއެވެ. އަދި އެ އޮފީހުން ޖުމްލަ 1003 ކަމަކާއި ގުޅޭ ގޮތުން ގާނޫނީ ލަފާދީފައިވެއެވެ.

އޭޖީ އޮފީހުން އާއްމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން ބިލު ތަޞްދީގު ކުރުމާ ގުޅޭ 27 މައްސަލައަކަށް ލަފާދީފައިވެއެވެ. އަދި އެއްބަސްވުންތަކާ ގުޅޭ 354 މައްސަލައަކަށް ލަފާ ދީފައިވާއިރު ގަވާއިދުތަކާ ގުޅޭ 103 މައްސަލައަކަށް ލަފާދީފައިވެއެވެ. މީގެއިތުރުން އުސޫލުތަކާ ގުޅޭ 52 މައްސަލައަކަށް ލަފާދީފައިވާއިރު އެ އޮފީހުންވަނީ މުޢާހަދާތަކާ ގުޅޭ 15 މައްސަލައަކަށް ލަފާދީފައެވެ. އަދި އެހެނިހެން ކަންކަމާ ގުޅޭ 452 މައްސަލައަކަށް ވެސް އެ އޮފީހުން ވަނީ ލަފާދީފައެވެ.

އެކި އެކި މައްސަލަތަކުގައި ދައުލަތުން ބަދަލުދޭގޮތަށް އޭޖީ އޮފީހުން ލަފާދީފައިވާތީ ގިނަ ބައެއްގެ ފާޑުކިއުން އެ އޮފީހަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް، އެއްވެސް ކަމެއްގައި އަމަލުކުރަން އޮންނަ އުސޫލުތަކުގެ ބޭރުން އަމަލުކޮށްފައި ނުވާނެ ކަމަށް އޭޖީ އޮފީހުން ތަކުރާރުކޮށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް