ކ. މާލެ
|
3 ޖެނުއަރީ 2020 | ހުކުރު 15:44
ރާއްޖޭގެ މިސްކިތެއް
ރާއްޖޭގެ މިސްކިތެއް
މުހައްމަދު ޝަރުހާން
ހުކުރު ހުތުބާ
ފާހިޝް އަމަލުތައް ކުރުމަށް ފަހު މޮޅު ކަމަކަށް ހަދައިގެން އެ ވާހަކަ ނުދައްކާ: ހުތުބާ
 
ހުތުބާގެ މައުޟޫ އަކީ ފާފަތަކާ ދުރުހެލުވުމުގެ މުހިއްމުކަން
 
ފޮތުގައި ޙަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ، އިންސާނުންނަށް ގެއްލުމާއި، ހަލާކު ހުރި ކަންކަން: ހުތުބާ
 
ނުބައި ޢަމަލުތައް ޙަރާމް ކުރައްވާފައި ވަނީ، އޭގެސަބަބުން އިންސާނިއްޔަތަށް ގެއްލުމާއި، ހަލާކު މެދުވެރިވާތީ

ހުތުރުކަން ބޮޑު ފާޙިޝް އަމަލުތަކަށް އަރައިގަނެ، އެއީ ކުރެވުނު މާ މޮޅު ކަމެއް ކަމަށް ހަދައިގެން، އެ ވާހަކަ ރައްޓެހިންގެ ގާތުގައިދައްކައި އެ ފަދަ ވާހަކަތައް ޢާއްމު ކުރުމަކީ ވެސް މާތް ﷲ ނަހީކުރައްވާފައިވާ ކަމެއް ކަމަށާއި، އެހެންކަމުން އެފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ހުކުރު ހުތުބާގައި އިލްތިމާސްކޮށްފިއެވެ.

"ފާފަތަކާ ދުރުހެލުވުމުގެ މުހިއްމުކަން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، މާތް ﷲ ދެއްވި އެންމެ އަގު ބޮޑު އެއް ނިޢުމަތަކީ، އެކަލާނގެ އަޅުތަކުންނަށް ހިދާޔަތާއި، ތެދުމަގު ދެއްކެވުމަށްޓަކައި އެކަލާނގެ ބާވައިލެއްވިއެކަލާނގެ ފޮތް ކަމަށެވެ.

އެ ފޮތުގައި ޙަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ، އިންސާނުންނަށް ގެއްލުމާއި، ހަލާކު ހުރި ކަންކަން ކަމަށެވެ. ހުއްދަ ކުރައްވާފައިވާ ކޮންމެ ކަމަކީ އެކަމުން މުޅި އިންސާނިއްޔަތަށް ލާބަ އާއި މަންފާ ހުރި ކަންކަމަށް ހުތުބާގައިވެއެވެ. މީހުން މެރުމާއި، ޒިނޭ ކުރުމާއި، ވައްކަން ކުރުމާއި، ފޭރުމާއި، ދެޖިންސު މައްސުނިވެގެން ހިންގޭ ފާޙިޝް ޢަމަލުތަކާއި، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ނުބައި ޢަމަލުތައް ޙަރާމް ކުރައްވާފައި ވަނީ، އޭގެސަބަބުން އިންސާނިއްޔަތަށް ގެއްލުމާއި، ހަލާކު މެދުވެރިވާތީ ކަމަށް ހުތުބާގައި ބުންޏެވެ.

އެކަންކަން ހުއްޓުވުމަށްޓަކައި ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އަދަބުތައް ތަންފީޒު ކުރުމަކީ، އިންސާނީ ދަރިފަސްކޮޅަށް ހަމަޖެހުމާއި، އަމާން ކަން މާތް ﷲ މިންވަރު ކުރައްވާނެކަމެއް ކަަަމަށް ހުތުބާގައި ވެއެވެ.

އަދި އޭގެ އިތުރުން ހުތުބާގައި ބުނީ، އާދައިގެ ކުދިކުދި ކަންކަމުގައި ވެސް ހަނގުރާމަކޮށް ލޭއޮހޮރުވައިލުން ފަދަ ކަންކަން އިޞްލާޙު ކުރުމަށްޓަކައި އިސްލާމްދީނުގައި ހަރުދަނާ ޤަވާޢިދުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. މާތް ﷲ ކަނޑައަޅުއްވާފައިވާ މިފަދަ ގަވާއިދުތައް މުގުރާލައި ހިތު ހުރި ގޮތަކަށް އުޅުމަކީ އެކަލާނގެ ދެއްވި ނިޢުމަތަށް ކުފުރުވުން ކަމަށް ހުތުބާގައި ވެއެވެ.

އެފަދަ ކަންތައް ޢާއްމު ވުމަކީ އަހަރެމެންގެ ނަފްސުތައް މާތް ﷲ ގެ ކޯފާއަށް ހުށަހެޅިގެން ހިނގައިދާނެ ކަމެއް ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް