ކ. މާލެ
|
3 ޖެނުއަރީ 2020 | ހުކުރު 13:01
އެކްސިޑެންޓް ގައި އަނިޔާވީ 34 އަހަރުގެ އަންހެނަކަށް
އެކްސިޑެންޓް ގައި އަނިޔާވީ 34 އަހަރުގެ އަންހެނަކަށް
ސޯޝަލް މީޑިއާ
އެކްސިޑެންޓް
ބްރިޖްގައި ހިނގި އެކްސިޑެންޓެއްގައި އަންހެނެއްގެ އަތް ބިނދިއްޖެ
 
ދެ މީހުން އަތުގައިވެސް ލައިސެންސް އޮވޭ
 
ފިރިހެން މީހާ އަށް އަނިޔާއެއް ނުވޭ: ފުލުހުން
 
އެކްސިޑެންޓްގެ މައުލޫމާތު ލިބުނީ 08:30 ހާއިރު

ސިނަމާލެ ބްރިޖްގައި ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަންހެނެއްގެ އަތް ބިންދައިގެން ހިނގައްޖެއެވެ.

ފުލުހުން ބުނީ، ހުކުރު ދުވަހު ހެނދުނު 08:30 ހާއިރު މާލެއިން ހުޅުމާލެއަށް ދާންދިޔަ ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ބްރިޖްގެ އެއް ފަރާތުގައި އެއް ސައިކަލު މަޑުކޮށްލި ވަގުތު ފަހަތުން އައި ސައިކަލް ޖެހިގެން ކަމުގެ މައުލޫމަތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި ފަހަތުން އައި ސައިކަލް ދުއްވަން އިނީ 34 އަހަރުގެ އަނެހެނެކެވެ. އަނެއް ސައިކަލު މަތީގައި ހުރީ 29 އަހަރުގެ ފިރިހެނެކެވެ.

މި އެކްސިޑެންޓްގައި އަންހެން މީހާގެ އަތް ބިންދައިގެން ދިޔުމުގެ ސަބަބުން އެ މީހާއަށް މިހާރު ފަރުވާ ދެމުން އަންނައިރު، އެކްސިޑެންޓުވި ފިރިހެން މީހާ އަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ދެ ސައިކަލަށްވެސް އެކިވަރުގެ ގެއްލުން ވެފައިވާއިރު، ދެ މީހުން އަތުގައިވެސް ލައިސެންސް އޮންނަ ކަމަށް ފުލުހުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
40%
0%
60%
0%
0%
0%
ކޮމެންޓް