ކ. މާލެ
|
3 ޖެނުއަރީ 2020 | ހުކުރު 15:43
އަލީ ނިޒާރު (ދެކުނު ނިޒާރު) ފޯމް ހުށައަޅުއްވަނީ
އަލީ ނިޒާރު (ދެކުނު ނިޒާރު) ފޯމް ހުށައަޅުއްވަނީ
ޓްވިޓަރ
އައްޑޫ ސިޓީ މޭޔަރު
އައްޑޫ ސިޓީ މޭޔަރު ކަމަށް ވާދަކުރަން ނިންމަވާ، ނިޒާރު ފޯމް ހުށަހަޅުއްވައިފި
 
ނިޒާރަކީ ކުރިން 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު
 
ރައްޔިތަކު ބާކީ ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވޭ
 
ނިޒާރުގެ ކެންޑިޑޭޓު ނަމްބަރަކީ 2

އައްޑޫ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލުމަށް ނިންމަވާ، ޕްރައިމަރީގައި ވާދަކުރެއްވުމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ފޯރމް ހުށަހަޅުއްވައިފިއެވެ.

މިކަމާއި ގުޅިގެން ނިޒާރު ކުރެއްވި ޓުވީޓެއްގައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ޕާޓީގެ ސެކްރެޓޭރިއަޓަށް ފޯމު ހުށައަޅާފައިވާނެ ކަމަށެވެ. އަދި އޭނާގެ ކެންޑިޑޭޓް ނަމްބަރ އަކީ 2 ކަމަށް ޓުވީޓުގައި ވެއެވެ.

އައްޑޫގެ އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެ ކަމަށާއި ހުރިހާ ރަށްތަކެއްގެ ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ނިޒާރު މީގެކުރިން ވިދާޅުވެފައިވެއެވެ. އަދި އައްޑޫގެ ހާލަތު ބަދަލު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އައްޑޫގެ މަލަމަތިން ފެންނަ ވީރާނާ ކަމަށް އައްޑޫ ސިޓީ ރައްޔިތުންނަށް ހައްލު ހޯދޭނެ ކަމަށާއި އެކަން ގުޅިގެން އެކުވެރިކަމާއި އެކު އެކަން ކުރެވޭނެ ކަމަށް ނިޒާރު ވަނީ މީގެ ކުރިން ޓުވީޓުކޮށްފައެވެ.

ނިޒާރު ވަނީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް