ކ. މާލެ
|
3 ޖެނުއަރީ 2020 | ހުކުރު 12:31
ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ޕްރޮގްރެސިވް ކޯލިޝަން
ސިޓީއެއްގެ ދަރަޖަ ދިނުމަކުން ނުފުދޭ، ރައްޔިތުން އެދޭ ތަރައްގީ އަވަހަށް ފޯރުކޮށްދީ: އިދިކޮޅު
 
ސިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖެނުއަރީ އެކެއްގައި
 
ޔާމީން ގެނެސްދެއްވި ތަރައްޤީގެ މިސްރާބަކީ ފުދުންތެރި އަދި ވިޔަފާރީގެ މަރުކަޒަކަށް ކުޅުދުއްފުށި ހެއްދެވުން: ޕީޕއެމް/ޕީއެންސީ
 
ހަލުވި ސްޕީޑުގައި ސަރުކާރުން މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ބަޔާނުގައި ގޮވާލާފައިވޭ

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމުން އަދި ނުފުދެ ކަމަށާއި، ކުޅުދުއްފުށީގެ ރައްޔިތުން އެދޭ ތަރައްގީ އަވަހަށް ފޯރުކޮށްދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

ކުޅުދުއްފުއްޓަކީ ރާއްޖޭގެ ހަތަރުވަނަ ސިޓީގެ ގޮތުގައި ކަނޑައަޅާފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ.

އިދިކޮޅުން ނެރެފައިވާ ބަޔާނެއްގައި، ބުނީ ކުޅުދުއްފުއްޓަކީ އަބަދުވެސް ތަރައްގީ އަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަމަށާއި، ގައުމުގެ މިނިވަންކަން ގެއްލުމުގެ ބިރު ހީވާ ވަގުތުތަކުގައި ކުޅުދުއްފުށި ފާހަގަކުރެވެނީ އެންމެ ކުރީ ސަފަށް ނިކުމެ މަގުދައްކާ ބައެއްގެ ގޮތުގައި ކަމަށެވެ.

އަދި ރައީސް ޔާމީން ކުޅުދުއްފުށްޓަށް ގެނެސްދެއްވި ތަރައްޤީގެ މިސްރާބަކީ ފުދުންތެރި އަދި ވިޔަފާރީގެ މަރުކަޒަކަށް ކުޅުދުއްފުށި ހެއްދެވުން ކަމަށާއި، އެތަސައްވުރު ޕީޕިއެމް އަދި ޕީއެންސީން އަބަދުވެސް ދަމަހައްޓާނެކަމުގެ ކަށަވަރުކަން އެ ކޯލިޝަނުން ވަނީ ދީފައެވެ.

ސިޓީއެއްގެ ދަރަޖައާއެކު އެއާ ގުޅިގެން އަންނަ ތަރައްގީ ވަގުތުން ފެއްޓުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލަފައެވެ. އަދި ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ފުރިހަމަކޮށް، ހަލުވި ސްޕީޑުގައި ސަރުކާރުން މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ބަޔާނުގައި ގޮވާލާފައިވެެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް