ކ. މާލެ
|
3 ޖެނުއަރީ 2020 | ހުކުރު 12:24
ޝަމާއު ޝަރީފު / އަފްޝަން ލަތީފް
ޝަމާއު ޝަރީފު / އަފްޝަން ލަތީފް
ރާއްޖެއެމްވީ
މާލެ ސިޓީ މޭޔަރު
މޭޔަރު ކަމުން އަފްޝަންގެ ނަން ނަގާ، ޝަމާއު ރޭހަށް
 
އަފްޝަން މާލޭ މޭޔަރުކަމަށް ވާދަނުކުރައްވަން ނިންމެވީ ކުއްލިއަކަށް ކުރިމަތިވި އާއިލީ ޒިންމާތަކެއްގެ ސަބަބުން
 
އެމްޑީޕީގެ މެމްބަރުންނާއި އާއްމުންގެ ތާއީދު ލިބޭނެ ކަމާއި މެދު ޔަގީންކަން އެބައޮތް ކަމަށް ޝަމާއު ވިދާޅުވި
 
ވާދަކުރަން ނިންމީ އެމްޑީޕީގެ އިސްވެރިންނާއި ބައެއް އާއްމުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ޝަމާއު ވިދާޅުވި

ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް މިހާރު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ޝަމާއު ޝަރީފު ނިންމަވައިފިއެވެ.

މޭޔަރުގެ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާ ޝަމާއު ކުރެއްވި ޓްވީޓެއްގައި ވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރަން ނިންމީ އެމްޑީޕީގެ އިސްވެރިންނާއި ބައެއް އާއްމުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންނާއި އާއްމުންގެ ތާއީދު ލިބޭނެ ކަމާއި މެދު ޔަގީންކަން އެބައޮތް ކަމަށެވެ.

13 އަހަރު މަސައްކަތް ކުރެއްވީ އިންސާފުވެރިކަމާއި އިޚްްލާސްތެރިކަމާއެކު، ދެފުށްފެންނަ ގޮތަށް ކަން ފާހަގަކުރައްވާ ޝަމާއު ވިދާޅުވީ އޭނާ އަށް ލިބިފައިވާ ތަޖުރިބާއާއި އެކު ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"މާލެ އަކީ އަހަރުމެން"ގެ ޝިއާރުގެ ދަށުން މާލެ ފެހިކޮށް، ދިރިއުޅެން ފަސޭހަތަނަކަށް ހަދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަމާއު ވަނީ ވިދާޅުވެފައެވެ.

ޝަމާއު މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލުމަށް ނިންމެވިއިރު އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް، އަފްޝަން ލަތީފް ވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމެވި ނިންމެވުން އަނބުރާ ގެންދަވާފައެވެ. މިކަމާއި ގުޅިގެން އަފްޝަން ކުރެއްވި ޓްވީޓެއްގައި ވަނީ މާލޭ މޭޔަރުކަމަށް ވާދަނުކުރައްވަން ނިންމެވީ ކުއްލިއަކަށް ކުރިމަތިވި އާއިލީ ޒިންމާތަކެއްގެ ސަބަބުން ކަމަށާއި މިގޮތަށް ނިންމެވީ ބަރު ހިތަކާ އެކު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް