ކ. މާލެ
|
3 ޖެނުއަރީ 2020 | ހުކުރު 09:42
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
ޔޫސުފް ސޮފްވާން ރަޝީދު
ލޭބަރ ޕާޓީ
އަލީ ވަހީދުގެ ވާހަކަތައް ލޭބަރ ޕާޓީން ދޮގުކޮށް، މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައިފި
 
ދޮގުހަދައި، އޮޅުވައިލައި މައްސަލަތަށް މަޝްވާރާގެ މަތީން ހައްލު ނުކުރެވޭނަމަ މަޤާމުން އިސްތިއުފާދިނުމަށް ގޮވާލާފައިވޭ
 
އަދި އެ ވާހަކަތަކަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި ޙަޤީގަތާއި ހިލާފު ބަލައިގަނެވޭނެ ވާހަކައެއްނޫން ކަމަށް
 
މިނިސްޓަރ ކުރެއްވި ޓްވީޓުގައި ވަނީ އެޕާޓީ ބަދުނާމު ވާގޮތަށް ދެއްކެވި ވާހަކައެއް ކަމަށް

ލޭބަރ ޕާޓީ އާއި ޓީމްގެ މެމްބަރުން ރިސޯޓެއްގެ މެނޭޖުމެންޓުން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އަށް ސްޓާފެއްގެ ބޮލަށް 6.50 ޑޮލަރު ދައްކަން ޖެހޭ ގޮތަށް މަޖުބޫރު ކުރުވާ ސިޓީއެއް ދިނުމަށް އިންޒާރު ދެމުންދާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ދެއްކެވި ވާހަކަތައް އެ ޕާޓީން ދޮގުކޮށްފިއެވެ.

މިކަމާއި ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނުގައި ވަނީ މިނިސްޓަރ ކުރެއްވި ޓްވީޓުގައި ވަނީ އެޕާޓީ ބަދުނާމު ވާގޮތަށް ދެއްކެވި ވާހަކައެއް ކަމަށެވެ. އަދި އެ ޓުވީޓުގައި އެ ޕާޓީއާއި ބެހޭގޮތުން ބަޔާންކޮށްފައިވާ ވާހަކަތަކަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، ޙަޤީގަތާއި ހިލާފު ބަލައިގަނެވޭނެ ވާހަކައެއްނޫން ކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ވަނީ މިނިސްޓަރަށް އަދި އެއްވެސް އެހެން ފަރާތަކަށް ބިރުދެއްކުމުގެ ގޮތުން އެއްވެސްކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

އަދި ލޭބަރ ޕާޓީއަކީ ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ޖަމިއްޔާތަކާއި، އަދި ޙާއްސަކޮށް ޓީމްއާއި ގުޅިގެން މަސައްކަތްތެރިންގެ ޙައްޤުގައި މަސައްކަތްކުރާ ޕާޓީއެއްކަމަށް ބަޔާނުގައިވެއެވެ. އެ ޕާޓީން ވަނީ ރިސޯޓް މުވައްޒަފުންގެ އަތުން އެއްވެސް ފައިސާއެއް ހޯދަން، މަޖުބޫރު ކުރުވާނެ ސިޓީއެއް ހޯދަން ޓޫރިޒަމް މިނިސްޓްރީގައި ނުވަތަ އެނޫން އެއްވެސް ތަނެއްގައި، އެ ޕާޓީން ނުވަތަ ޕާޓީއަށް ތާއިދުކުރާ ޖަމުއިއްޔާއަކުންވެސް އެދިފައި ނުވާނެ ކަމަށް ބުނެފައެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް މަސައްކަތްތެރީން އިޤުތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ގޮތުން ބާރުވެރިކުރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަކީ ލޭބަރ ޕާޓީގެ މައިގަނޑު އެއް މަޤްސަދުކަމަށްވެސް ބުނެފައިވެއެވެ. އަދި ލޭބަރ ޕާޓީން ވަނީ މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނިކަމެތިކަމުން މިންޖުކޮށް، ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ގިނަ މަސައްކަތްތެރިންނަށް ލިބެންވާ ހަމަ އުޖޫރަ ނުލިބުމާއި، ސާވިސް ޗާޖު އިންސާފުން ނުބެހުމުގެ އިތުރުން، މަސައްކަތްތެރިންގެ އަސާސީ ހައްޤުތަށް ނުލިބުމާއި، ޓުރޭޑް ޔޫނިޔަންތައް ހަދާ ހިންގުމުގެ ހައްޤުތަށް ކަށަވަރު ވެފައި ނުވުން، ކުއްވެރިކޮށްފައެވެ.

މަސައްކަތްތެރިންގެ ހައްޤުތަށް ހޯދައިދިނުމުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި މަސައްކަތްތެރިންނާއެކު ދެމިއޮންނާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ. އެ ޕާޓީން ވަނީ ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަދީ ރައްޔިތުންގެ ހައްޤުތަކާއި މަސްލަހަތުތަށް ރައްކާތެރި ކޮށްދެއްވުމުގެ ޒިންމާއާއި ހަވާލުވެފައިވާ މިނިސްޓަރުން ރައްޔިތުންނަށް ދޮގުހަދައި، އޮޅުވައިލައި އުފެދޭ މައްސަލަތަށް މަޝްވާރާގެ މަތީން ހައްލު ނުކުރެވޭނަމަ މަޤާމުން އިސްތިއުފާދިނުމަށް ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
33%
17%
0%
17%
33%
ކޮމެންޓް
3 ޖެނުއަރީ 2020 | ހުކުރު 10:24
ސީދާ
ބައެއް ޕާރޓީތައް ގުޅިގެން މިހާރު އެފެށީ ސަރުކާރު ބައިބައި ކޮށްލާ ޤައުމުގައި ހަނގުރާމަ ފެށުމުގެ މަސައްކަތް ފުރަތަމަ މިނިސްޓަރުން މަގުފުރެއްދުމަށް މަސައްކަތް ކުރާނީ އެގޮތަށް އެއްބަޔަކު ބުލީކުރާއިރު އަނެއްބަޔަކު ތަޢުރީފު ކުރީމަ މިނިސްޓަރުންނަށް ހީވެލައްވާނެ މީހާދަ ރަނގަޅު ބައެކޭ އަވަހަށް އެމީހުންނާ ގުޅެން ވީއޭ ރައީސަށްވުރެ އެމީހުންގެ ފަރާތުން ލިބޭ ސަޕޯޓް މާބޮޑޭ އެކަމަކު އޭގެ އާޚިރުނަތީޖާ ވަރަށް ހިތިވާނެ ! އަދީބު މަގުފުރެއްދި ގޮތް ހަނދުމަފުޅު ބަހައްޓަވައިގެން އެމީހުންގެ ތަޢުރީފާ ބުލީތަކަށް ނުބައްލަވާ ރައީސް ދެއްވި މަޤާމުގެ ހުރިހާކަމެއްވެސް ރައީސްގެ ލަފާގެ ދަށުން ކުރިޔަށް ގެންދެވުމަކީ އެންމެ ރަނގަޅުގޮތް ކޮރަޕްޝަނާ އޮޅުވާލުމާ މަކަރާ ޙީލަތަށް ހެއްލިވަޑައިނުގެން ޢަލީ ވަޙީދު ތިޔަ ގޮތުގައި ކުރިޔަށް ވަޑައިގަތުން މަރަނގަޅުވާނެ ! މިޒަމާނަކީ އިނބުލީހުންނާއި ޝައިޠާނުން ފަދަ ބަޔަކު އުޅޭ ޒަމާނެއްކަން ދެނެލެއްވުމަކީ ވަރަށްރަނގަޅުކަމެއް !
3 ޖެނުއަރީ 2020 | ހުކުރު 10:23
ލޭބޯ
ތި ލޭބޯ ޕާޓީ ގެ މަސްއޫލް ވެރިންނަކީ ކޮން ބައެއް ކަން ޚަބަރަކުން ނޭނގޭ...