ކ. މާލެ
|
3 ޖެނުއަރީ 2020 | ހުކުރު 09:10
ގެއްލިގެން ހޯދަމުންްދާ ނަސްރުﷲ އަބްދުﷲ
ގެއްލިގެން ހޯދަމުންްދާ ނަސްރުﷲ އަބްދުﷲ
ފޭސްބުކް
އެމްއެންޑީއެފް
ގެއްލުނު މީހާ އަދިވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް ކުރިޔަށް
 
ނޮދަން އޭރިޔާ އިން ހާއްސަ އޮޕަރޭޝަނެއް ދަނީ ހިންގަމުން: އެމްއެންޑީއެފް
 
މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް: އެމްއެންޑީއެފް
 
ގެއްލުނު ކަމުގެ ރިޕޯޓް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެރޭ

ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރިން ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި ޑިންގީން ގެއްލުނު މީހާ އަދި މިހާތަނަށް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުއްޓަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ އެވެ. އެމީހާ ގެއްލުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެރޭ 19:06 އެވެ.

އެމްއެންޑީއެފުން ބުނީ އެކްސިޑެންޓްވިކަމަށް ލަފާކުރެވެނީ ފަރު ކައިރިން ކަމަށާއި، އެ ޞަރަޙައްދުން މަސްބާނާ ކަންވާރުތަކެއް ފެނިގެން ފަރު ކައިރި ވެސް ބަލާ ފާސްކުރަމުންދާ ކަމަށެވެ. އަދި ޑިންގީގައި ހުރި ބައެއް ސާމާނުކަމަށް ބެލެވޭ ތަކެތި އޮޔާދިޔަތަން ވެސް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގެއްލިގެން ހޯދަމުންދާ މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށާއި، އޭނާ ހޯދުމަށް ލިބެންހުރި ހުރިހާ ވަޞީލަތްތަކެއްގެ ބޭނުންކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ. އެމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓަގާޑުގެ ނަންބަރު 191 އަށް ގުޅާ އެ މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑިއެފުން ވަނީ އެދިފައެވެ.

ހުކުރު ދުވަހު ހެނދުނު އެމްއެންޑީއެފުން ބުނީ، އެމީހާ ހޯދުމަށް ކޯސްޓްގާޑްގެ ލޯންޗުން ކަނޑުގެ ސާފޭސް ބަލަމުންދާ އަންނަ އިރު ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެކަމަކު އަދި މިހާތަނަށް އެމީހާ ނުވަތަ އޭނާ ދަތުރުކުރި ޑިންގީވެސް ނުފެނެއެވެ. އަދި އޭނާ ހޯދުމަށް އެމްއެންޑީއެފް ނޮދަން އޭރިޔާ އިން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
29%
0%
71%
0%
0%
0%
ކޮމެންޓް