ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 17:45
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
ޔޫސުފް ސޮފްވާން ރަޝީދު
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ރަށްރަށުގަ އިމާރާތްކުރާ 30 އިންޖީނުގޭގެ މަސައްކަތް މިއަހަރުތެރޭގަ ނިމޭނެ: ފެނަކަ
 
އެއްބަސްވުމުގައި ސޮއި ކުރިނަމަވެސް މަސައްކަތް ނުފެށިވަނީ 6 ރަށެއްގައި
 
ހުން އުޅޭ ސަރަހައްދުތަކުން އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން 21 ރަށެއްގެ އިންޖީނުގޭގެ މަސައްކަތް ދަނީ ކުރިއަށް
 
3 ރަށެއްގެ އިންޖީނުގޭގެ %99 މަސައްކަތް ވަނީ ނިމިފައި

ފެނަކަ ކޯޕަރޭޝަނުން, 2019 ވަނަ އަހަރު ރަށްރަށުގަ ޢިމާރާތްކުރަން ފަށާފައިވާ 30 އިންޖީނުގޭގެ މަސައްކަތް ކުންފުނީގެ ތަޞައްވުރާއި އެއްގޮތަށް މިއަހަރުތެރޭގަ ނިމޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނީ ރަށްރަށުގެ އިންޖީނުގެތައް މީހުން އުޅޭ ޞަރަޙައްދުތަކުން އެކަހެރި ޞަރަޙައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން 21 ރަށެއްގެ އިންޖީނުގޭގެ މަސައްކަތް ފެށިފައިވާއިރު، އޭގެ ތެރެއިން 3 ރަށެއްގެ އިންޖީނުގޭގެ %99 މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެ ރަށްތަކަކީ ހއ. ތަކަންދޫ، ށ. ޅައިމަގު އަދި ތ. އޮމަދޫއެވެ.

އިތުރު ރަށްތަކުގައި ފަށާފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރަކީ:

· ނ. މަގޫދޫ %40 މަސައްކަތް ނިމިފައި

· ނ. ހެނަބަދޫ %40 މަސައްކަތް ނިމިފައި

· ނ. މާޅެންދޫ %82 މަސައްކަތް ނިމިފައި

· ބ. ދޮންފަނު %85 މަސައްކަތް ނިމިފައި

· ބ. ހިތާދޫ %43 މަސައްކަތް ނިމިފައި

· ފ. ބިލަތްދޫ %50 މަސައްކަތް ނިމިފައި

· ލ. މާމެންދޫ %33 މަސައްކަތް ނިމިފައި

· ރ. ފައިނު %50 މަސައްކަތް ނިމިފައި

· މ. ވޭވަށް %43 މަސައްކަތް ނިމިފައި

· ށ. ނަރުދޫ %35 މަސައްކަތް ނިމިފައި

· ބ. ފުޅަދޫ %17 މަސައްކަތް ނިމިފައި

· މ. ނާލައިފުށި %40 މަސައްކަތް ނިމިފައި

· ދ. ހުޅުދެލި %25 މަސައްކަތް ނިމިފައި

· ގއ. ނިލަންދޫ %15 މަސައްކަތް ނިމިފައި

· ގއ. މާމެންދޫ %55 މަސައްކަތް ނިމިފައި

· ފ. ފީއަލީ %11 މަސައްކަތް ނިމިފައި

· ހއ. އުލިގަމު %10 މަސައްކަތް ނިމިފައި

· ހދ. ފިނޭ %12 މަސައްކަތް ނިމިފައި

އިންޖީނުގެ ޢިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް އަދި މިހާތަނަށް މަސައްކަތް އަދި ނުފެށިވާ ރަށްތަކަކީ ގދ. ނަޑެއްލާއާއި ގދ. ތިނަދޫ، ށ. ފޯކައިދޫ، ނ. މިލަދޫ، ށ. ބިލެތްފަހި އަދި. ނ. ކެނދިކޮޅުދޫއެެވެ.

މީގެ އިތުރުން ގއ. ވިލިނގލި، ރ. ރަސްމާދޫ އަދި ހއ. އުތީމުގެ އިންޖީނުގެތައް އެކަހެރި ޞަރަޙައްދުތަކަށް ބަދަލުކުރުމުގެ އިތުރުން އައްޑޫ ސިޓީގަ ސެންޓްރަލް ޕަވަރ ޕްލާންޓެއް ޤާއިމު ކުރުމުގެ އަޒުމުގައި ފެށި މަސައްކަތުގެ ދަށުން މިހާތަނަށް އައިއިރު، އެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަރުޙަލާއަށް މި އަހަރު ވާޞިލުކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ފެނަކައިން ބުނެއެވެ.

އަލަށް ޢިމާރާތް ކުރާ އިންޖީނުގެތަކަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި:

· ޒަމާނީ ފެންވަރަށް އޮފީސް ޢިމާރާތެއް، ފިއުލް ސްޓޯރޭޖް އަދި ޗިމްނީ އިމާރާތް ކުރެވޭނެ

· އާ އިންޖީނުގެތައް ހުޅުވޭއިރު ނެޓްވޯކް އަޕްގްރޭޑް ކުރެވިގެން ދިއުން

· މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލްއަށްވުރެ މަތި ނުވާނެހެން ސައުންޑް އެޓެނުއޭޓަރ ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑިމަޑުވެގެންދާނެ

· ޗިމްނީގެ އެހީގައި އިންޖީނުގެއިން އަރާ ދުމުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަވެގެންދާނެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
67%
0%
0%
33%
0%
ކޮމެންޓް