ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 14:36
ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލިސް
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ޖާބިރުގެ ޑީއާރުޕީން ތެދުވެއްޖެ!
 
އަލީ ވަހީދު މަސައްކަތް ކުރައްވަނީ ވަރަށް ހަމަހަމަކޮށް، ޒާތީ ކަމެއްގައި މިނިސްޓަރު ގޯސް ނުކުރެއްވުމަށް ޑީއާރުޕީން ވަނީ ގޮވާލާފަ
 
އިންވެސްޓަރުންގެ މަސްލަހަތުވެސް ހިމާޔަތް ކުރައްވާ
 
މިނިސްޓަރު އަލީ ވަހީދު ރިސޯޓް މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކުރައްވާ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް, ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ މަޝްހޫރު ވިޔަފާރިވެރިޔާ، އަބްދުﷲ ޖާބިރުގެ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން އަލީ ވަހީދު ދިފާއުގައި ތެދުވެއްޖެއެވެ.

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން މިނިސްޓަރު އަލީ ވަހީދަށް ފާޑުވިދާޅުވި ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެމުން ޑީއާރުޕީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، މިނިސްޓަރު އަލީ ވަހީދަކީ މިފަހުގެ ތާރީހުގައި އެންމެ ހަމަހަމަކޮށް، ކަންކަން ނިންމަމުންދާ ޓޫރިޒަމް މިނިސްޓަރުކަމީ ޝައްކެތް އޮތްކަމެއް ނޫން ކަމަށެވެ. އަދި މިނިސްޓަރު ގެންދަނީ މުވައްޒަފުންނާއި އިންވެސްޓަރުންގެ މަސްލަހަތުވެސް ހިމާޔާތް ކުރައްވަމުން ކަމަށެވެ. އަދި ވަކި ފަރާތެއްގެ ޒާތީ މަސްލަހަތާހެދި މިނިސްޓަރު ގޯސް ނުކުރެއްވުމަށް ޑީއާރުޕީން ވަނީ ގޮވާލައްވާފައެވެ.

ޓީމުން މިނިސްޓަރު އަލީ ވަހީދަށް ޓެގް ކުރައްވާ ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ، ޓީމްއަކީ ޓްރޭޑް ޔޫނިއަނެއް ކަމަށެވެ. ޔޫނިއަން ހިންގަން ބޭނުންވާ ފައިސާ ހޯދުން އޮންނަނީ މެމްބަރުންގެ ޗަންދާއިން ކަމަށާއި، މިހާރުވެސް ޓީމްއަށް ޗަންދާ ދައްކާ، ރިސޯޓްތަކުގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއް ތިބޭނެ ކަމަށެވެ. އަދި އެއްވެސް މެމްބަރަކަށް އޮޅުވާލައިގެން އަދި މަޖްބޫރުން ޗަންދާ ދައްކަން ނުޖެހޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ދެމެދު އޮތް ގުޅުން ގޯސްވީ ރިސޯޓުތަކުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށް އަލީ ވަހީދު ވިދާޅުވި ކަމަށް ބުނެ ރިސޯޓްތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އަލީ ވަހީދުގެ އިސްތިއުފާ އަށް ގޮވަން ފެށުމުންނެވެ.

މިކަމާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސާވިސް ޗާޖާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވި އެއްޗެއް ބައެއް ފަރާތްތަކަށް ގޯސްކޮށް މާނަކުރެވިފައިވާ ކަމަށެވެ. އަދި އެމަނިކުފާނަށް އެކަމުގައި ގޯސްކޮށް އެއްޗެއް ވިދާޅުވެވިފައިވާ ނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މި މައްސަލަ އިތުރަށް ގޯސްވީ، ޓީމް މިކަމުގެ ތެރެއަށް ވަނުމުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މިހާރު މިނިސްޓަރު އަލީ ވަހީދާއި ޓީމް އާދެމެދު ވަނީ ދެބަސްވުންތަކެއް ހިނގަން ފަށާފަ އެވެ.

ޓީމް އާއި ލޭބަރ ޕާޓީން (ލޭބަރ ޕާޓީގެ އިސްބޭފުޅުންނާއި ޓީމްގެ އިސް ބޭފުޅުންނަކީ އެއްބައެއް) ބޭނުން ވަނީ ކޮންމެ ރިސޯޓެއްގެ މެނޭޖްމެންޓުން، އެރިސޯޓެއްގެ ކޮންމެ ސްޓާފެއްގެ ބޮލަކަށް 6.5 ޑޮލަރުގެ (100ރ) ރޭޓުން، ފައިސާ ދޭން މަޖުބޫރުވާ ގޮތަށް، މިނިސްޓަރުގެ ސިޓީއެއް ކަމަށް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
67%
0%
0%
0%
33%
ކޮމެންޓް
2 ޖެނުއަރީ 2020 | ބުރާސްފަތި 20:35
ސީދާ
މިވެރިން ޢަލީ ވަޙީދުގެ ބޯކާލާނެ ކަމާމެދަކު ކުޑަވެސް ޝައްކެއްނެތް