ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 12:47
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ
ރާއްޖެއެމްވީ
އަލަށް ހުޅުވާ އެއަރޕޯޓްތައް
މިއަހަރުގެ ތެރޭގައި 5 އެއަރޕޯޓް ހުޅުވޭނެ: ނަހުލާ
 
މިއަހަރުގެ ތެރޭގައި ހުޅުވޭ އެއަރޕޯޓްތައް: ށ. ފުނަދޫ، ގދ. މާވަރުލު، ޅ. މަޑިވަރު، ހއ. ހޯރަފުށި އަދި ގދ. ފަރެސްމާތޮޑާ

ގިނަ އެއަރޕޯޓްތަކެއް މިއަހަރުގެ ތެރޭގައި ހުޅުވިގެންދާނެ ކަަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަހުލާގެ ފިރިކަލުން، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ، ގާސިމް އިބްރާހީމްގެ ވީމީޑީއާގެ ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގުރާމުގައި ބުދަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރު މުޅިން އަލަށް އިތުރު އެއަރޕޯޓުތަކެއް ހުޅުވި، އެތަންތަނުން ހިދުމަތްތައް ލިބުމުން، ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާއިރު، އިގްތިޞާދީ ގޮތުންވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެގޮތުން، މިއަހަރުގެ ތެރޭގައި ށ. ފުނަދޫ އެއަރޕޯޓް، ގދ. މާވަރުލު އެއަރޕޯޓް، ޅ. މަޑިވަރު އެއަރޕޯޓް، ހއ. ހޯރަފުށި އެއަރޕޯޓް އަދި ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ، މިއަހަރު އެންމެ ފުރަތަމަ ހުޅުވާ ހިދުމަތް ދޭން ފަށާނީ ފުނަދޫ އެއަރޕޯޓުގައި ކަމަށެވެ. އަދި މި މަހުގެ ތެރޭގައި އެތަން ހުޅުވާނެ ކަމަށާއި އަދި މާވަރުލު އެއަރޕޯޓް މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ހުޅުވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި މީގެއިތުރުން، މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މަޑިވަރު އެއަރޕޯޓް ނިންމާ ހިދުމަތް ދޭން ފަށާނެ ކަމަށާއި، މިނިސްޓަރު ނަހުލާ ނިސްބަތްވާ ހޯރަފުށި އެއާރޕޯޓް ހުޅުވައި ހިދުމަތް ދޭން ފެށޭވަރު ވާނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ، އެއަރޕޯޓްތައް ކަނޑައެޅިފައިވާ ތާރީހަށް ނުހުޅުވެނީ ދިމާވާ ބައެއް ކަހަލަ ދަތިތަކުން ކަމަށެވެ. އެގޮތުން، ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތްތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް މިިނިސްޓްރީން ކަނޑައަޅާފައިވާ ތާރީހުގައި އެ އެއަރޕޯޓް ވެސް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންނަމަވެސް ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވާނެ ވަކި ތާރީހެއް އެކަމަނާ ވިދާޅެއް ނުވެއެވެ.

ނަހުލާ ވިދާޅުވީ، އެ އެއަރޕޯޓްތަކަކީ އެހެން މުއައްސަސާތަކާ ނުވަތަ އެހެން ތަންތަނާ ހިލާފަށް ވަކި ގޮތަކަށް ޓްރެއިން ކުރެވިގެން، ޓްރެއިނިންތަކެއް ހަދައިގެން އައިސް ތިބޭ ބަޔަކު މުވައްޒަފުންގެ ގޮތުގައި ނެގިގެންދާ ތަނެއް ކަމަށެވެ. އެގޮތުން، ވަޒީފާތަކަށް ބޭނުންވާ ފެންވަރުގެ މީހުން ހޯދުމަށް ދަތިވެ ބައެއް އެއަރޕޯޓްތައް ކަނޑައަޅާ ތާރީހަށް ހުޅުވަން ދަތިވާ ފަހަރުވެސް އަންނަ ކަމަށާއި އަދި ބައެއް ފަހަރު އެއަރޕޯޓް ހެދުމަށް ހަވާލުކުރާ ކޮންޓްރެކްޓަރަށް ދިމާވާ ބައެއް ކަހަލަ މައްސަލަތަކާ ގުޅިގެން ވެސް ބައެއް އެއަރޕޯޓްތައް ހުޅުވުން ލަސްވެފައިވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
50%
0%
0%
0%
ކޮމެންޓް