ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 11:18
އެމްއެންޑީއެފުން ހަތިޔާރާއެކު ހަރަކާތްތެރިވަނީ
އެމްއެންޑީއެފުން ހަތިޔާރާއެކު ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
ގައުމީ ދިފާއީ ބާރު
ޤައުމީ ދިފާއީ ބާރުގެ އެލަރޓް ލެވެލް ޢާންމު ޙާލަތަށް ބަދަލުކޮށްފި
 
މުޅި ރާއްޖެއަށް ނެރުނު އެލަރޓެއް
 
ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ނެރުނު އެލަރޓް ސްޓޭޓަސް "ޔެލޯ 2"، އެލަރޓް ނެރުނު ވަކި ސަބަބެއް ހާމައެއް ނުކުރޭ
 
އެމްއެންޑީއެފްގެ އެއޮޕަރޭޝަން ނިންމާލީ ބުރާސްފަތި ދުވަހުގެ 06:00 ގައި

ޤައުމީ ދިފާއީބާރުގެ އެލަރޓް ލެވެލް ޢާންމު ޙާލަތަށް ބަދަލުކޮށްފިއެވެ.

އެމްއެންޑީއެފުން ބުރާސްފަތި ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހިންގަމުންގެންދިޔަ އޮޕަރޭޝަން، ޖެނުއަރީ 2 ވަނަ ދުވަހުގެ 06:00 ގައި ނިންމާލާފައިވާ ކަމަށެވެ.

އެހެންކަމުން ގައުމީ ދިފާއީ ބާރުން ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ނެރުނު އެލަރޓް ސްޓޭޓަސް "ޔެލޯ 2"، ނިންމާލުމަށްފަހު، އެލަރޓް ލެވެލް އާންމު ހާލަތަށް ބަދަލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޤައުމުގެ ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުން ޤައުމީ ދިފާޢީ ބާރުން އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް "ޔެލޯ 2" މުޅި ރާއްޖެއަށް ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ވަނީ ނެރެފައެވެ.

އެ އޮޕަރޭޝަނުގެ ދަށުން މުޅި ރާއްޖޭގައި ހަތިޔާރާއެކު ސިފައިން ޙަރަކާތްތެރިވެފައިވެއެވެ. އެމްއެމްޑީއެފުން އެލަރޓް ލެވެލް މަތިކުރީ ހައްދުފަހަނަ އެޅި ފިކުރުގެ ފަރާތްތަކުގެ ނުރައްކާތެރިކަން ބޮޑުވެފައި ވަނިކޮށެވެ.

އެމްއެންޑީއެފުން އޭރު ބުނެފައިވާގޮތުގައި، އެލަރޓް ލެވެލް މަތިކުރީ ވަކި ނުރައްކަލެއް އޮވެގެން ނޫނެވެ. ނަމަވެސް އެލަރޓް ލެވެލް މަތި ކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކޮށް، ވަރުގަދަ ކުރުމަށް ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް