ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 11:21
ހއ.ކެލާ
ހއ.ކެލާ
ހއ.ކެލާ
އަންނަ މަހު ގޯތިތައް ހަވާލުކުރެވޭނެ: ކެލާ ކައުންސިލް
 
ގާތްގަނޑަކަށް 2300 އާބާދީއެއް ދިރިއުޅެމުން ގެންދޭ
 
ދައިމީ ލިސްޓު އާންމުކުރީ ހުށަހެޅި ޝަކުވާތައް ހައްލުކުރުމަށްފަހު
 
މިފަހަރު ދޫކުރަނީ 3000 އަކަފޫޓްގެ 68 ބަންޑާރަގޯތި

އަންނަ މަހު ބަންޑާރަގޯތި ލިބުނު ފަރާތްތަކަށް ގޯތިތައް ހަވާލުކުރެވޭނެ ކަމަށް ހއ. ކެލާ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އިސްމާއިލް ވިދާޅުވީ ކެލާ އިން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 3000 އަކަފޫޓްގެ 68 ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް މާކްސް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓު 31 ޑިސެންބަރު 2019 ގައި އާންމުކޮށްފައިވާ ކަމަށެވެ. އަދި ދާއިމީ ލިސްޓު އާންމުކުރީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅި 10 މައްސަލަ ހައްލުކުރުމަށްފަހު ކަމަށެވެ.

ކެލޭގައި ގޯތިދޫކުރެވެނީ ގާތްގަނޑަކަށް 05 އަހަރު ފަހުންކަން ފާހަގަކުރައްވާ އައިމިނަތު ވިދާޅުވީ ގޯތި ބޭނުންވާ ގިނަ ބަޔަކު އެރަށުގައި އެބަތިބި ކަމަށާއި، މިފަހަރު ވެސް ގޯއްޗަށް އެދިވެސް 100އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. ފޯމް ހުށަހެޅި ހުރިހާ އެންމެނަށް ގޯތި ދޫނުކުރެވުނު ނަމަވެސް މަސައްކަތްތައް ކުރިއަށް ގެންދިޔައީ އިންސާފުވެރިކޮށް ރައްޔިތުން އެދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ތަފާތު އެކިއެކި ސަބަބުތަކާ ހެދި ގޯތި ދޫނުކުރެވި ގާތްގަނޑަކަށް 05 އަހަރު ފާއިތުވެގެން މިދިޔައީ. މިނިސްޓްރީތަކުން ހުއްދަ ނުދޭތީ މިމަސައްކަތް ކުރިއަށް ނުގެންދެވިފައި އޮތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ.
ކައުންސިލްގެ ނައިބު ރައީސް އައިމިނަތު

އައިމިނަތު ވިދާޅުވީ ބަންޑަރ ގޯއްޗަށް ކުރިމަތިލުމުގެ އިތުރު ފުރުސަތެއް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

ކެލާގައި ގާތްގަނޑަކަށް 2300 މީހުން ދިރިއުޅެމުން ގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް