ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 08:51
މާލޭގެ ވިޔަފާރި ބަނދަރު
މާލޭގެ ވިޔަފާރި ބަނދަރު
ޔޫސުފް ސޮފްވާން ރަޝީދު
އެމްޕީއެލް
ވިޔަފާރި ބަނދަރުގައި ގިނަ ދުވަސްވެފައިވާ މުދާ ނީލަން ކިޔަނީ
 
މުދާ ބެލުމަށް އައުމުގެ 02 ގަޑިއިރު ކުރިން ނަންނޯޓު ކުރަންޖެހޭ
 
މުދާ ނީލަންކިޔުން ކުރިއަށް ގެންދަނީ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ދަށުން
 
މިމަހުގެ 12ގައި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ހުށަހަޅަންޖެހޭ

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާ މިމަހުގެ 13 ގައި ނީލަންކިޔަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

އެމްޕީއެލުން ބުނީ ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާ ނީލަމުގައި ވިއްކާލަން ނިންމާފައިވާ ކަމަށާއި މިމަހުގެ 11 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ގައި ނީލަން ކިޔާ މުދާ ބެލުން ކުރިއަށްދާނެ ކަމަށެވެ. އެމްޕީއެލުން ބުނީ އެންމެ ލަސްވެގެން މުދާ ބެލުމަށް އައުމުގެ 02 ގަޑިއިރު ކުރިން 3328995 ނަންބަރު ފޯނަށް ގުޅައި ނަން ނޯޓްކުރަން ޖެހޭނެ ކަމަށެވެ.

ނީލަމުގައި ބައިވެރިވެވޭނީ މިމަހުގެ 12 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން އެ ކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓަށް ގޮސް ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ.

އެމްޕީއެލުން ބުނީ ނީލަން ކިއުން އޮންނާނީ މި މަހުގެ 13 ވާ ހޯމަ ދުވަހު ސަރވިސް ބިލްޑިންގ ގެ މީޓިންގ ރޫމް 2 ގައި 14:00 ޖަހާއިރު ކަމަށެވެ.

މީގެ އިތުރުން އެމްޕީއެލުން ބުނީ މުދަލުގެ ނީލަން ކިޔުން ކުރިއަށް ގެންދެވޭނީ އެކުންފުނީގައި މުދާ ނީލަން ކިޔުމަށް ހެދިފައިވާ ގަވާއިދު ދަށުން ކަމަށެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކެއް ކަމަށެވެ.

ނީލަމާއިބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓުން ލިބޭނެ ކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް