ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 08:08
ރައީސް މައުމޫން
ރައީސް މައުމޫން
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް މައުމޫން
ރައީސް މައުމޫނުގެ ހާލުކޮޅު ރަނގަޅު: ޔުމްނާ
 
ރައީސް މައުމޫން އެޑްމިޓް ކުރައްވާފައިވަނީ ހޯމަ ދުވަހު
 
ރައީސް މައުމޫނަކީ ރާއްޖޭގެ ވެރިކަން 30 އަހަރު ކުރެއްވި ބޭފުޅެއް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މައުމޫނު ކުރެއްވި ޓުވީޓެއްގައި އެކަމަނާ ވިދާޅުވީ ބައްޕާފުޅުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި ޔުމްނާ މައުމޫން ވަނީ ރައީސް މައުމޫނަށް ފަރުވާ ދެއްވަމުންގެންދަވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން އެމަނިކުފާނަށް ފަރުވާ ދެމުން ގެންދައްވާ ޑަކުޓަރުންނާއި ނަރުހުންގެ ޓީމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް މައުމޫން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ޓެސްޓްތަކެއް ހަދަން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ސެކެޓަރީ ޖެނެރަލް އަބްދުލް އަލީމް އާދަމް ވަނީ ޑިސެމްބަރު 30 ވަނަ ދުވަހު ވިދާޅުވެފައެވެ. ރައީސް މައުމޫން އިސްކޮށް ހުންނަވާ ދާދިފަހުން އެފެއްދެވި، އެމްއާރުއެމްގެ ސެކެޓަރީ ޖެނެރަލް އަލީމް ވިދާޅުވީ، ރައީސް މައުމޫން ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައިވަނީ، ރޯގާ ޖެހިގެން އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ. އަދި ރޯގާ ދިގުލާތީ، ޓެސްޓްތަކެއް ހެދުމަށް ރައީސް މައުމޫން ވަނީ އެޑްމިޓް ކުރެވިފައި ކަމަށް އަލީމް ވިދާޅުވިއެވެ.

ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި މިވަނީ އެމަނިކުފާނުގެ 82 ވަނަ އުފަންދުވަސް ޑިސެމްބަރު މަހު 29 ވަނަ ދުވަހު ފާހަގަކޮށްފައި ވަނިކޮށެވެ.

ރައީސް މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ ދޭތެރެދޭތެރެއިން ރާއްޖެއިން ބޭރަށް ވަޑައިގެން އަބަދުވެސް ފަރުވާ ހޯއްދަވަމުން ގެންދަވަ އެވެ. އަދި އެމަނިކުފާނަކީ އަބަދުވެސް ސިއްހަތަށް ވަރަށް ބޮޑަށް އިސްކަން ދެއްވައިގެން ދިރިއުޅުމުގެ ރަނގަޅު އާދަތައް ހިފަހައްޓަވާ ބޭފުޅެއް ކަމަށް ވެއެވެ.

ރައީސް މައުމޫނަކީ ރާއްޖޭގެ ވެރިކަން 30 އަހަރު ކުރެއްވި، އަދި ރާއްޖެ ޑިމޮކްރަސީގެ މަގަށް ދީލާލުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުއަސާސީއާއި ސިޔާސީ ޕާޓީތައް އުފެދިފައިވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދައުރުގައެވެ.

އެމްއާރުއެމްއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް