ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 00:08
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް ޒަހާ ވަހީދު
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް ޒަހާ ވަހީދު
ރާއްޖެއެމްވީ
ފިޝަރީޒް މިނިސްޓަރ
އީޔޫއިން މަސްވެރިކަމަށް ހުރަސްއަޅަން ދެއްކޭނެ އެއްވެސް ބަހަނާއެއް މިހާރަކު ނެތް: މިނިސްޓަރ ޒަހާ
 
ލައިސެންސް ދެވިފައި ހުންނަ ހުރިހާ އުޅަނދެއް މަސްވެރިކަން ކުރަމުންދާ ސަރަހައްދުތައް މިހާރު ބެލޭނެ ކަމަށް ވިދާޅުވި
 
މަސްވެރިކަމުގެ ހުރިހާ ކަމެއް މިހާރު ތަރުތީބު ކުރެވެމުންދާކަމަށް ވިދާޅުވި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މަސްވެރިކަމަށް ހުރަސްއަޅަން ދެއްކޭނެ އެއްވެސް ބަހާނާއެއް މިހާރު ނެތް ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ގައި ވާހަކަ ދައްކަވަމުން ޒަހާ ވިދާޅުވީ ރާއްޖެ އާއި އީޔޫ އާއި ދެމެދު އޮތީ ލޭނު މަސްވެރިކަން ވަރަށް ބޮޑަށް ގޯސްވެފައި ކަމަށެވެ.

އެހެން އެކަން ދިމާވީ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އެކަން ކުރެވުމުގެ ސަބަބުން ކަމަށެވެ.

އަޅުގަނޑުމެން ބޭރު ކަނޑުގެ ސަރަހައްދުން މަސް ބަދަލު ކުރުމާއި މިއީ ދުނިޔޭގެ ނިސްބަތުން މަނާ ކަމެއް އެކަތި އަނެކައްޗަށް މަސް ބަދަލު ކުރުމަކީ މިކަހަލަ ހުރިހާ ކެމެއްވެސް ހިނގާދިޔަކަން. އަޅަގނަޑުމެންނަކަށް ރިޕޯޓް ކުރެވިފައެއް ނޯވޭ އަދި އަޅުގަނޑުމެންނަށް ބެލެވިފައެއް ނޯވޭ. އަޅުގަނޑުމެންނަށް މަސްވެރިކަމުގައި ބޭނެނީ ކިހާވަރެއްތޯ އެހިސާބުތަކެއް ނެތް ބެލެހެއްޓެވިފައި. އެހެންވީމާ އެ އެންމެ ބޮޑު މައްސަލައަކަށްވީ
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް ޒަހާ ވަހީދު

ނަމަވެސް އެ ހުރިހާ މަރުޙަލާތައް މިހާރު ނިމިފައިވާ ކަމަށާއި ޤާނޫނުތައް އައިސް މަސްވެރިކަމުގެ ހުރިހާ ކަމެއް ތަރުތީބު ކުރެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާާޢަތް ކުރިއެރުވުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއްޅުއްވާލައްވަމުން، މިނިސްޓަރ ވިދާޅުވީ މަސްވެރިކަން ކުރާ އުޅަނދުތައް ޓްރެކްކުރެވޭނެ ޑިވައިސްއެއް މިހާރު އުޅަނދުތަކެއްގައި ހަރުކުރެވި އަޖުމަބެލުމުގެ މަރުޙަލާ ކުރިޔަށްދާކަމަށެވެ. އަދި އިލެކްޓްރޯނިކް އޮބްޒާރވަރ ސިސްޓަމެއްވެސް ހަރުކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ވަޞީލަތްތަކުގެ އެހީގައި، ލައިސެންސް ދޫކޮށްފައިވާ ހުރިހާ އުޅަނދެއް މަސްވެރިކަން ކުރަމުންދާ ޞަރަޙައްދުތައް ވަގުތުން ވަގުތައް ދެނެގަނެވޭކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
75%
0%
25%
0%
0%
ކޮމެންޓް