ކ. މާލެ
|
1 ޖެނުއަރީ 2020 | ބުދަ 22:49
ލޯބިވެވިއްޖެގެ ދެ ޕްރޮޑިއުސަރުން ކަމަށްވާ ސާނީޒް އާއި ޝާނާޒް
ލޯބިވެވިއްޖެގެ ދެ ޕްރޮޑިއުސަރުން ކަމަށްވާ ސާނީޒް އާއި ޝާނާޒް
ފޭސްބުކް
އަލީ ސީޒަން
ސީޒަން އަށް އާ އަހަރުގެ ހަދިޔާ އަކަށް ލިބުނީ ކާރެއް
 
ލޯބިވެވިއްޖެގެ 20 ޕަސެންޓް ޝޫޓިން ވަނީ ނިމިފައި
 
ކާރު މިހާރު އޮތީ އައްޑޫގައި: ސީޒަން
 
ކާރު ހަދިޔާ ކުރީ ދެ ޕްރޮޑިއުސަރުން

ފިލްމު ''ލޯބިވެވިއްޖެ'' ގެ ޕްރޮޑިއުސަރުންގެ ފަރާތުން އާ އަހަރުގެ ހަދިޔާއަކަށް އެ ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން އަށް ކާރެއް ހަދިޔާ ކޮށްފިއެވެ. މި ފިލްމަކީ ސީޒަންގެ އެސް ޕްރޮޑަކްޝަންގެ ފިލްމެކެވެ.

އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ސީޒަން އަށް ކާރު ހަދިޔާކޮށްފައިވަނީ ފިލްމުގެ ދެ ޕްރޮޑިއުސަރުން ކަމަށްވާ ޝާނިޒް އަލީ އާއި އައިމިނަތު ޝާނަޒް އެވެ. ފިލްމު ޕްރޮޑިއުސަރު ޝާނާޒް އަކީ ސީޒަންގެ އަންހެނުންނެވެ.

ޝާނިޒް އަލީގެ ފޭސްބުކްގައި ޝެއަރ ކޮށްފައިވާ ޕޯސްޓުގައިވާ ގޮތުން ސީޒަން އަށް ހަދިޔާ އަކަށް ދިނީ، ސްވިފްޓް މަރުކާގެ ކާރެކެވެ. އެ ޕޯސްޓު ޝެއަރ ކުރުމަށް ފަހު ސީޒަން ބުނެފައިވަނީ، އެ ހަދިޔާއަކީ ހަގީގަތުގައިވެސް ސަޕްރައިޒެއް ކަމަށެވެ. '' ލޯބިވެވިއްޖެ ހަމަ އަސްލަށްވެސް'' ސިޒާންގެ ފޭސްބުކްގައި އޭނާ ލިޔުނެވެ.

ރާއްޖެ.އެމްވީއާ ވާހަކަ ދައްކަމުން ސީޒަން ބުނީ، ކާރު މިހާރު އޮތީ އައްޑޫގައި ކަމަށެވެ. އެ ކާރު ވަރަށް އަވަހަށް މާލެއަށް ގެންނާނެ ކަމަށް ސީޒަން ބުންޏެވެ.

ސީޒަން މިހާރު މަސައްކަތް ކުރަމުންދާ ''ލޯބިވެވިއްޖެ''ގެ 20 ޕަސެންޓް ޝޫޓްކޮށް ވަނީ ނިމިފައެވެ. ނޮވެންބަރު މަހު އެ ފިލްމުގެ ޝޫޓިން ފަށާފައިވަނީ ގދ. ތިނަދޫގައެވެ.

ސީޒަން ބުނީ، ތިނަދުއަށް ފަހު ފިލްމުގެ މަންޒަރުތައް މާލޭގެ އިތުރުން ސްރީލަންކާގައި ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮން އައްޔަ) އިރުފާނާ އިބްރާހިމް، އަދި އަހުމަދު އީސަ (އާނަންދު) ހިމެނެއެވެ. އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ލޯބިވެވިއްޖެ އަކީ ސީޒަންގެ ދެވަނަ ފީޗަރ ފިލްމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
16%
14%
1%
13%
33%
24%
ކޮމެންޓް
1 ޖެނުއަރީ 2020 | ބުދަ 23:45
އަ ބުދު
މަށަށްވެސް ކާރެއްލި ބޭނެނަމަ
1 ޖެނުއަރީ 2020 | ބުދަ 23:00
ހހހ
ހމމ ތިކުރެވުނީ ވ މޮޅުކަމެއް ކާރުގަނޑެއް ގަތްކަންވެސް އިޝްތިހާރު ކުރީދޯ މޮޅުގޮތަކަށް