އެޓްލާންޓާ ހޯކްސް އަށް ކުޅެމުން އަންނަ ޓްރެ ޔަންގް ޕްރެކްޓިސްތަކުގައި ބައިވެރިވާން ފަށައިފިއެވެ.
އެޓްލާންޓާ ހޯކްސްއަށް ކުޅެމުން އަންނަ ޓްރެ ޔަންގް އަނިޔާއަށް ފަހު ޓީމުގެ ޕްރެކްޓިސްތަކުގަ ބައިވެރިވާން ފަށައިފިއެވެ.
އެޓްލާންޓާއަށް ކުޅެމުން އަންނަ ޓްރެ ޔަންގް އަކީ މި ސީޒަނުގަ އެޓީމަށް އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. އޭނާ އަނިޔާވީ މިލުވާކީ ބަކްސް އާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ޓްރެ ޔަންގްސް ބުނީ އޭނާއަށް އަނިޔާވި ކަމަށާއި އަނިޔާއިން އެނބުރި އާދެވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. މި ސީޒަންގެ ކުރީ ކޮޅުވެސް އޭނާ އަށް ވަނީ އަނިޔާގެ މައްސަލައާއި ކުރިމަތިލާން ޖެހިފައެވެ. ޒުވާން ކުޅުންތެރިޔާއަށް އެފަހަރު ވި އަނިޔާ އަކީ ޕޮއިންޓް ސްކޯ ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގެ ފުންނާބަށް ލިބުނު އަނިޔާއެކެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޓްރެ ޔަންގްސް އަނިޔާއަށް ފަހު ކުޅޭ ފުރަތަމަ މެޗު ވެގެންދާނީ ބޮސްޓަން ސެލެޓިކްސްއާއި ދެކޮޅަށް ކުޅޭ މެޗެވެ.
މި ސީޒަނުގައި އެޓްލާންޓާ ހޯކްސްއަށް އޭނާ ކުޅުނު މެޗުތަކުން އޭނާ ވަނީ އެވްރެޖްކޮށް ކޮންމެ މެޗެއްގައި 25.8 ޕޮއިންޓް ސްކޯ ކޮށްފައެވެ. އަދި ކޮންމެ މެޗެއްގައި އޭނާ އެވްރެޖްކޮށް 8.3 އެސިސްޓް ވަނީ ހަދާފައެވެ. މިއާއެކު އޭނާ އަކީ ލީގުގައި އެންމެ ގިނަ ސްކޯ އަދި އެސިސްޓް ހެދި ކުޅުންތެރިޔާއަށެވެ.